Advertisement

އެޕަލް ޓީވީން މެސީގެ ވޯލްޑް ކަޕް ކާމިޔާބީ އަށް ޑޮކިއުމެންޓަރީއެއް

7 ޖޫން 2023 - 09:55 0

ލިއޮނަލް މެސީ މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ އުފާފާޅުކުރުމުގެ ތެރެއިން މުބާރާތުގެ ޓްރޮފީ ހިފައިގެން.


އެޕަލް ޓީވީން މެސީގެ ވޯލްޑް ކަޕް ކާމިޔާބީ އަށް ޑޮކިއުމެންޓަރީއެއް

7 ޖޫން 2023 - 09:55 0

ޕެރިސް (ޖޫން 7) - ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި އާޖެންޓީނާ އިން ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމުގެ މައްޗަށް އެޕަލް ޓީވީން ހާއްސަ ޑޮކިއުމެންޓަރީއެއް ތައްޔާރުކުރަމުން އަންނަ ކަމަށް އިއުލާނުކޮށްފި އެވެ.

މެސީގެ މި ހަތަރު އެޕިސޯޑުގެ ޑޮކިއުމެންޓަރީ ޕްރިމިއާ ކުރާނެ ތާރީހެއް އެޕަލް ޓީވީން ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް، މި ޑޮކިއުމެންޓަރީ އުފައްދާފައިވަނީ ޕެރިހާއި ގަތަރު އަދި އާޖެންޓީނާގައި ނަގާފައިވާ މަންޒަރުތައް ހިމަނައިގެން، "އެކްސްކްލޫސިވް ބިހައިންޑް ދަ ސީން އެކްސެސް" އެ އިބާރާތާ އެކު ހާއްސަ މަންޒަރުތަކެއް ހިމެނޭނެ ކަމަށް އެޕަލް ޓީވީން ވަނީ ބުނެފަ އެވެ.

މި ސީރީސްގައި މެސީ، އެންމެ ފުރަތަމަ ގައުމީ ޓީމަށް 2005 ވަނަ އަހަރު ކުޅުނުއިރުގެ ހަނދާންތައް އެކުލެވޭ މަންޒަރުތައް ވެސް ހުންނާނެ އެވެ. އެ ގޮތުން، މެސީ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ރަތް ކާޑެއް ދެއްކުމާއި، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ބަލިވި މެޗުގެ މަންޒަރުތައް ވެސް ދައްކާނެ އެވެ.

އެކަަމަކު، އެންމެ ހާއްސަ ވީޑިއޯތަކެއްގެ ގޮތުގައި ދައްކާނީ މެސީގެ ހަތް ގޯލާ އެކު އާޖެންޓީނާ އިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދިއިރު އެ ހިނގާދިޔަ ކަންތައްތަކެވެ. ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދި މެސީ، އޭނާގެ ފަސް ވަނަ ވޯލްޑް ކަޕްގައި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ އެކު، އޭނާ އަށް ފުޓްބޯޅައިގައި ލިބެންޖެހޭ ހުރިހާ ކާމިޔާބީއެއް ހަމަވީ އެވެ.

ދެ ސީޒަނަށް ފަހު، މެސީ ވަނީ އޭނާ ކުޅެމުން އައި ޕީއެސްޖީ ދޫކޮށްލައިފަ އެވެ. މެސީ ދެން ފެންނާނީ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިން ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް އޭނާގެ ކުރީގެ ކްލަބް، ބާސެލޯނާ އިން ވެސް އަންނަނީ އަލުން މެސީ އެ ޓީމަށް ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.