Advertisement

ކުނި މަދުކުރަން ސޮނެވާ ނަމޫނާގެ "އަލުން ބަލުން ރީސޭލް މާކެޓް"

3 ޖޫން 2023 - 21:30 0

ސޮނެވާ ނަމޫނާ އިން ނ. އަތޮޅުގެ ބައެެއް ރަށްރަށުގައި ހިންގާ "އަލުން ބަލުން" ސޭލް ކުރިއަށް ގެންދާ ތަނެއްގެ ނަންބޯޑް. ފޮޓޯ:ސޮނެވާ ނަމޫނާ


ކުނި މަދުކުރަން ސޮނެވާ ނަމޫނާގެ "އަލުން ބަލުން ރީސޭލް މާކެޓް"

3 ޖޫން 2023 - 21:30 0

ކުނީގެ ތެރެއިން އަލުން ބޭނުންކުރެވޭ ފަދަ ބާވަތްތައް އަލުން ބޭނުންކުރަން، ސޮނެވާ ނަމޫނާ އާއި ނ. އަތޮޅުގެ ހަ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން "އަލުން ބަލުން ރީސޭލް މާކެޓް"ގެ ނަމުގައި ބާޒާރެއް ހުޅުވައިފި އެވެ.

ސޮނެވާ ނަމޫނާ އަކީ ސޮނެވާ ގްރޫޕުން ހިންގާ މަދަނީ ޖަމިއްޔާ އެކެވެ.

ނ. އަތޮޅުގައި ފުރުތަމަ ފަހަރަށް ބޭއްވި އަލުން ބަލުން މާކެޓް އިއްޔެ ފެށީ އެ ޕްރޮގްރާމްގައި ބައިވެރިވި ހަ ރަށް ކަމަށްވާ މަގޫދޫ، ޅޮހި، ކުޑަފަރި، މާފަރު ލަންދޫ އަދި ހޮޅުދޫގައި އެއްފަހަރާއެވެ. 

ސޮނެވާ ނަމޫނާއިން ބުނި ގޮތުގައި އަލުން ބަލުން ރީސޭލް މާކެޓް ހިންގުމުގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި ތަކެތި އަލުން ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، "ރިޔޫޒްކުރުން" ނުވަތަ އަލުން ބޭނުންކުރުމުގެ ސަގާފަތެއް އަށަގެންނެވުމާ އެކު، ތިމާވެށި ރައްކާކުރުމުގައި މުހިންމު ރޯލެއް ކުޅޭ ބައެއްގެ ގޮތުގައި އަންހެނުން ބާރުވެރިކުރުމެވެ.


އަލުން ބަލުން މާކެޓް ފެށީ ރަށްރަށުގައި އުކައިލަންވެފައި ހުރި ތަކެތީގެ ތެރެއިން އަލުން ބޭނުންކުރެވޭ ޒާތުގެ މުދާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހޯދައި، ސާފުކުރަން ޖެހިއްޖެ ނަމަ ސާފުކޮށް މަރާމާތުކޮށް، އެ ޕްރޮގްރާމްގައި ބައިވެރިވާ އަވަށްޓެރި ރަށްރަށަށް ވިއްކަން ފޮނުވައިގެންނެވެ

އެހެން ހެދީ އެއް ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދި ކުދި ރަށްތަކުގައި ކުރިން ބޭނުންކުރެވިފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެތީ އެވެ. އަލުން ބަލުން މާކެޓުން މިހައިތަނަށް 20,000 ރުފިޔާ ސާފު ފައިދާ ގޮތުގައި ހޯދައި، 500 އައިޓަމް އަލުން ބޭނުންކޮށް ކުންޏަށް ވުމުން ސަލާމަތްކޮށްފައިވާ ކަމަށް ސޮނެވާ ނަމޫނާ އިން ބުންޏެވެ. 

އެޖަމިއްޔާއިން ބުނި ގޮތުގައި އެ ޕްރޮގްރާމްގައި ބައިވެރިވާ ރަށްތަކަށް އެ ޕްރޮފްރާމުން އެތަކެއް ފައިދާތައް ލިބޭނެ އެވެ. އަލުން ތަކެތި ބޭނުންކުރުމުގެ ސަބަބުން ރަށްރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް އުކާލަން ނުވަތަ އަންދާލަން ގެންދާ ކުނީގެ އަދަދު މަދު ވުމަކީ އޭގެ އެއް ފައިދާ އެވެ.