3 ޖޫން 2023 - 07:39 0
މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވަން ބޭއްވި ޖަލްސާ ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މަޖިލީހުގެ އިދާރާގެ ދޮރުމަތީގައި. -- ފޮޓޯ: މަޖިލީހުގެ އިދާރާ
3 ޖޫން 2023 - 07:39 0
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ޖުމްހޫރީ ޕާޓީއާއެކު ބައްދަލުކޮށް ހުށަހެޅީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާނެ މަގު ކޮށައިދޭ މީހަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެވަޑައިގަތުމަށް ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ.
ރާއްޖޭގެ އިން ކަނޑައެޅި މައްސަލައިގައި މިރޭ ބާއްވާ ޖަލްސާއަށް ނުދާން އިލްތިމާސްކޮށް ވީޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަރުދާހަށް ބެލުމުން އޭނާ ސިފަވަނީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމް ބޭނުންވާ "ސްޓެޕިން ސްޓޯން" އެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑަށް އިނގޭ ރައީސް ނަޝީދު އެ ދައްކަވަނީ ކޮން ވާހަކައެއްކަން. އަޅުގަނޑު ދަންނަން ރައީސް ނަޝީދު ވަރަށް ފުރިހަމައަށް. އެބޭފުޅާއަކަށް [ނަޝީދަށް] ކަމަކުނުދާނެ އެބޭފުޅާ ނޫން އެހެން މީހަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެބޭފުޅާއަކަށް ކެތެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ. "އެ ހުށަހެޅި ކަރުދާހަށް ބެލީމަ ފެންނަނީ އެބޭފުޅާ ވެރިކަމަށް ގެންނަން މަގު ކޮށައިދޭ މީހަކަށް."
ރައީސް ނަޝީދުގެ އިތުރުން ގާސިމް އިއްޔެ ވަނީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަންޖެހޭނީ އޭނާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެއްބަސްވުމުގައިވާ ގޮތުން މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އިންނަންޖެހެނީ އަޅުގަނޑު. އެކަމަކު އެމްޑީޕީ މީހުންނަށް ނުކެރުނު ކުޑަވެގެން ކޮމެޓީއެއްގެ މުގައްރިރުކަން ވެސް ނައިބު މުގައްރިރުކަން ވެސް ނުދިން،" ގާސިމް ވިދާޅުވި އެވެ.
ފޯޅަވައްސާ ދިމާލުން ރާއްޖޭގެ އިން ކަނޑައެޅީ މޮރިޝަސްއިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސަރުކާރުން ބުނަނީ އިން ކަނޑައެޅުމުން ރާއްޖެއަށް ބައެއް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ރާއްޖެއަށް ގާނޫނުން ލިބިދޭ ބަައެއް ގެއްލިފައިވާ ކަމަށެެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ،
އަޅުގަނޑަށް އިނގޭ ރައީސް ނަޝީދު އެ ދައްކަވަނީ ކޮން ވާހަކައެއްކަން. އަޅުގަނޑު ދަންނަން ރައީސް ނަޝީދު ވަރަށް ފުރިހަމައަށް. އެބޭފުޅާއަކަށް [ނަޝީދަށް] ކަމަކުނުދާނެ އެބޭފުޅާ ނޫން އެހެން މީހަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެބޭފުޅާއަކަށް ކެތެއް ނުވާނެ،"
ދުވަހުގެ ފޮޓޯ
މިއީ ތާރީހީ އެއްވުމެއް. ޕީޕީއެމް އިސްވެ އޮވެ ބޭއްވި ޖަލްސާއެއްގައި އެމްޑީޕީއަށް ނިސްބަތްވި ބަޔަކު ބައިވެރިވި މިއީ ފުރަތަމަ ފަހަރު. ރާއްޖޭގެ ދެކުނު ސަރަހައްދުގެ ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންގެ ތެރެއިން ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރާ އިސް ފަރާތްތައް ބައިވެރިވި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
Comment