Advertisement

މޭޔަރުންގެ ގޮނޑިތަކާއި ސިޓީ ކައުންސިލްތައް އެމްޑީޕީން ކާމިޔާބު ކުރާނެ: ޣަފޫރު

about 2 hours 0

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ


މޭޔަރުންގެ ގޮނޑިތަކާއި ސިޓީ ކައުންސިލްތައް އެމްޑީޕީން ކާމިޔާބު ކުރާނެ: ޣަފޫރު

about 2 hours 0

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކުގައި ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުންގެ ގޮނޑިތައް އެމްޑީޕީން އަލުން ދިފާއުކޮށް ސިޓީ ކައުންސިލްތައް ވެސް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޣަފޫރު ވަނީ އެމްޑީޕީގެ އަމާޒުތައް ވަރަށް ސާފުކޮށް ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ މޭޔަރާއި ހުރިހާ ގޮނޑިތައް ނަގައި، މި ސަރުކާރު "ސުމަކުން" ބަލިކުރާނެ ކަމަށެވެ.

އައްޑޫގެ މޭޔަރުކަން މިހާރު ވެސް މޭޔަރަކަށް ހުންނެވި ނިޒާރު އަދި އޭނާގެ ޓީމު ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށާއި މާލޭގެ މޭޔަރުކަމާއި ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރާނީ މާބޮޑު އަޣުލަބިއްޔަތަކުން ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ފުވައްމުލައް، އަދި ގދ. ތިނަދޫ ސިޓީގެ ކައުންސިލް ގޮނޑިތައްވެސް އެމްޑީޕީން ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޣަފޫރު ދެއްވި އެވެ.

ސަރުކާރުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޣަފޫރު ވަނީ މި ސަރުކާރު "ގިނިކާ ދޫންޏެއްގެ" ގޮތުގައި ސިފަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ފޭރެމުންދާ މި ބައިގަނޑު ބަލިކޮށް، ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް އެމްޑީޕީން ނުކުމެ އޮތީ ސާބިތުކަމާއެކު ކަމަށެވެ.

"އަޅުގަނޑުމެން މި ނަގަނީ ރާއްޖޭގެ ހުރިހާ ސިޓީތަކެއް ބޮޑުކޮށް. ނަގައި ކުޑަކަކޫ މައްޗަށް ތިރިކުރާނަން. މިއީ ދިވެހި ރައްޔިތުންގެ ގައުމެއް،" ޣަފޫރު ވިދާޅުވި އެވެ.

މިހާރު ވެސް ހުރިހާ ސިޓީތަކެއްގެ މޭޔަރުންނަށް ތިބީ އެމްޑީޕީގެ މެންބަރުންނެވެ. އަދި މާލޭ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީ އަށެވެ.

ރައީސް މުއިއްޒު އަށް ސިޓީތައް ނެގިދާނެތޯ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން، އެ ޔަގީން ކަމެއް އެ މަނިކުފާނު ނުދެއްވި އެވެ.