Advertisement

އޮފިސަރުންގެ ޒާތީ މައުލޫމާތު އާންމު ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅަން ފަހެއް ނުޖެހޭނެ: ކަރެކްޝަންސް

2 ޖޫން 2023 - 19:12 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އޮފިސަރުންގެ ޒާތީ މައުލޫމާތު އާންމު ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅަން ފަހެއް ނުޖެހޭނެ: ކަރެކްޝަންސް

2 ޖޫން 2023 - 19:12 0

މިފަހަކަށް އައިސް ޖަލު ބަލަހައްޓާ އޮފިސަރުންނާއި މުވައްޒަފުންގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް މޯލްޑިވްސް ޕްރިޒަންސް ސާވިސަސްއިން ބުނެފި އެވެ.

އެ މުއައްސަސާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕްރިޒަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ޒާތީ މައުލޫމާތު ސޯޝަލްމީޑިއާގައި އާންމުކޮށް ސައްހަ ނޫން ތުހުމަތުތައް އެފަރާތްތަކަށް ކުރަމުންގެންދާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ޕްރިޒަންސް އޮފިސަރުން ބަދުނާމުކޮށް ބިރުދައްކައި އިންޒާރުދެމުންދާ ކަން ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ސައްހަނޫން މިފަދަ މައުލޫމާތު ފެތުރުމުގެ ސަބަބުން މި ސާވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތާމެދު އާންމުންގެ މެދުގައި ނަފުރަތު އުފެދެ އެވެ،" އެ ބަޔާނުގައި ވެއެވެ.

ޕްރިޒަންސްއިން ބުނެފައި ވަނީ އެފަދަ ކަންކަމުގެ ސަބަބުން ނަފުރަތު އުފެދުމުގެ އިތުރުން ޕްރިޒަންސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ ކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ އަމަލުތަށް އެ މުއައްސަސާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.