Advertisement

ބޭބެ މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

2 ޖޫން 2023 - 17:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އައްޑޫގައި ޒުވާނަކު މަރާލިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި، ހުސައިން މަވާޒް -- ފޮޓޯ: ސޯޝަލް މީޑިއާ


ބޭބެ މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

2 ޖޫން 2023 - 17:42 0

މިދިޔަ ބުދަ ދުވަހުގެ ރޭ އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރަދޫފޭދޫ، ބްލޫ ސްޓާ، އަހުމަދު ޝުވައިބު މަރާލި މައްސަލައިގައި އޭނާގެ ކޮއްކޮ، ހުސައިން މަވާޒް، 25، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޝުވައިބު، 27، މަރަލާފައި ވަނީ ބުދަ ދުވަހުގެ 11:38 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ބޭބެއަށް ހަމަލާދިނުމަށްފަހު ކުށުގެ ރިކޯޑެ ވެސް އޮންނަ މަވާޒް އުޅުނީ ފިލައިގެންނެވެ. ނަމަވެސް އިއްޔެ މެންދުރުފަހު އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.

ޝުވައިބަށް ހަމަލާދިން ސަބަބާ ގުޅޭގޮތުން ރަށު ތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ފެތުރިފައި ވީނަމަވެސް މަރާލާފައި ވަނީ ސީދާ ކޮން ސަބަބަކާ ހުރެކަން މިހާތަނަށް އަދި ކަށަވަރުވެފައެއް ނުވެ އެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަވާޒް އިއްޔެ ފުލުހުންނާ ހަވާލުވީއިރު، ފުލުހުން ގެންދިިޔައީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ޝުއައިބަށް ހަމަލާދިނުމުން މަގުމައްޗަށް އޭނާ ވެއްޓިފައި އޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޝުވައިބުގެ ގައިން ވަރަށް ބައިވަރު ލޭ މަގުމައްޗަށް އޮހޮރިފައިވެ އެވެ. އެ ސަރަހައްދުގައި ތިބި ބައެއް މީހުން ރޯ އަޑު ވެސް އެ ވީޑިއޯއިން އިވެ އެވެ.

ފުލުހުން ބުނީ އެނާ ހޮސްޕިޓަލަށް ގެންދެވުނީ އެރޭ 12:00 ޖަހާކަށް ހާއިރު ކަމަށާއި މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. ޝުއައިބުގެ ހަށިގަނޑު އިއްޔެ އަސުރު ނަމާދަށްފަހު ވަނީ ވަޅުލައިފަ އެވެ.