Advertisement

އަދަދު "ސާފް 2023" ކަވަރޭޖުގެ ޕާޓްނަރަކަށް އީ-ޓުކުރި

1 ޖޫން 2023 - 15:10 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަދަދު ސާފް ޗެމްޕިއަންޝިޕު ކަވަރޭޖު ޕާޓުނަރު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ އެކު ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އަދަދު "ސާފް 2023" ކަވަރޭޖުގެ ޕާޓްނަރަކަށް އީ-ޓުކުރި

1 ޖޫން 2023 - 15:10 0

އަދަދު ނޫހުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖު ޕާޓުނަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯސްޓު ލިމިޓެޑާ އެކު މިއަދު ސޮއިކޮށްފި އެވެ.

މިމަހު 21 ގައި އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖު ވަރަށް ތަފާތުކޮށް އަދަދު ނޫހުން ގެނެސްދޭނެ އެވެ. އެގޮތުން ޓީމުތަކާ ބެހޭ މައުލޫމާތުގެ އިތުރުން ސަޕޯޓަރުންގެ ފޯރި އާއި ޖޯޝު ވެސް ނޫހުގެ ކިޔުންތެރިންނަށާއި ބެލުންތެރިންނަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަރަހައްދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖު ޕާޓުނަރެއްގެ ގޮތުގައި އަދަދާއެކު ޕޯސްޓު ލިމިޓެޑުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އާދަމް ޔޫސުފް އެވެ. އަދަދު ނޫހުގެ ފަރާތުން ސޮއި ކުރެއްވީ، މި ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒް މޫސާ އެވެ.

ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖު ޕާޓުނަރާއެކު ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ސާފް ޗެމްޕިއަންޝިޕެއްގެ މީޑިއާ ޕާޓުނަރުކަން މީގެ ކުރިން ހަމައެކަނި ކޮށްފައިވާ ދިވެހި އޮންލައިން މީޑިއާ، އަދަދު ނޫހުން މިފަހަރުގެ މުބާރާތުގެ ކަވަރޭޖު ވެސް ވަރަށް ފުރިހަމައަށް ގެނެސްދޭނެ ކަމަށް ހުސެއިން ފިޔާޒް ވިދާޅުވި އެވެ.

"މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް އެންމެ ފުރިހަމަ ކަވަރޭޖެއް ގެނެސްދޭނީ އަޅުގަނޑުމެން، އަދަދު ނޫހުން،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތުގައި ވެސް ގެނެސްދިން ފަދަ ކޮންޓެންޓުތައް މިފަހަރުގެ މުބާރާތުގެ ކަވަރޭޖުގައި ވެސް އެއަށްވުރެ ފުރިހަމައަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން ކިޔުންތެރިންނަށާއި ބެލުންތެރިންނަށް ފިޔާޒު ދެއްވި އެވެ.

"ވިޝުއަލް ކޮންޓެންޓާއި ޓީމުތަކުގެ އިންޓަވިއުތަކާއި ފޮޓޯ އަދި ސަޕޯޓަރުންގެ ފޯރިއާއި ޖޯޝު އިންޑިއާއިންނާއި ރާއްޖެއިން ވެސް އަޅުގަނޑުމެން ގެނެސްދޭނަން،" އޭނާ ވިދާޅުވި އެވެ.

"މި ކަވަރޭޖަށް އިތުރު ޕާޓްނަރުން އަންނާނެ. އިތުރު ވިޔަފާރިތައް ވެސް. އަދި އެހެން ފަރާތްތަކުން ޕާޓްނަޝިޕްވާނެ."

ސާފް ކަވަރޭޖު ކުރިއަށް ގެންދާނީ އަދަދުގެ ސްޕޯޓްސް އެޑިޓަރު އައްޒާމް އަލިފުޅާއި ސްޕޯޓްސް ޖާނަލިސްޓު އިސްމާއީލް އަޒްމީން އަދި ކްރިއޭޓިވް ޓީމުންނެވެ.

ސާފް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ހަބަރުތައް ކިޔުންތެރިންނާ ހަމައަށް އަދަދުން ގެނެސްދޭނީ އެކަމަށް ހާއްސަކޮށް ލޯންޗު ކުރާ ވެބްސައިޓު ޕޭޖުންނާއި ސޯޝަލް މީޑިއާ މަންސަތައް ބޭނުން ކޮށްގެންނެވެ. އެގޮތުން އަދަދުގެ ފޭސްބުކް، ޓުވިޓާ، ޓިކްޓޮކް އަދި ޓެލެގުރާމް ޗެނެލް މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕުގެ އެންމެ ތާޒާ ހަބަރުތައް ގެނެސްދެމުން ދާނެ އެވެ.