Advertisement

މުސާރަ މައްސަލަައެއްގައި ޔުވެންޓަސް އަށް 751000 ޑޮލަރުގެ ޖޫރިމަނާއެއް

31 މޭ 2023 - 09:35 0


މުސާރަ މައްސަލަައެއްގައި ޔުވެންޓަސް އަށް 751000 ޑޮލަރުގެ ޖޫރިމަނާއެއް

31 މޭ 2023 - 09:35 0

ރޯމް (މެއި 31) - ކޮވިޑް-19ގެ ދުވަސްވަރުގައި ކުޅުންތެރިންގެ މުސާރައިގެ ކަންތައްތަކެއް އޮޅުވާލާފައިވާ މައްސަަލައިގައި ޔުވެންޓަސް އިން 751،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކައިގެން، އިތުރު އަދަބަކުން ސަލާމަތްވުމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ޔުވެންޓަސްގެ އިން 2019 އާއި 2021 އާ ދެމެދު ހަދާފައިވާ ބައެއް ޓްރާންސްފާތަކާ ގުޅޭ މާލީ ހިސާބުތައް އޮޅުވާލާފައިވާ މައްސަލަ ދެ ފަހަރެއްގެ މަތިން ކޯޓުން ބަލާފައި މިދިޔަ ހަފްތާގައި ވަނީ ޔުވެންޓަސް އަތުން 10 ޕޮއިންޓް އުނިކުރަން ނިންމައިފަ އެވެ، އެންމެ ފުރަތަމަ ޖެނުއަރީ މަހު ޔުވެންޓަސް އަތުން މި މައްސަލައިގައި ފުރަތަމަ އުނިކުރީ 15 ޕޮއިންޓެވެ. އެކަމަކު، އަލުން މައްސަލަ ރަނގަޅަށް ދިރާސާކޮށް ބެލި ބެލުމަށް ފަހު އެންމެ ފަހުން އުނިކުރީ 10 ޕޮއިންޓެވެ.

ޕޮއިންޓް އުނިކުރި މައްސަލައިގައި ދެން އެޕީލް ނުކުރަން ޔުވެންޓަސް އިން ވަނީ ނިންމައިފަ އެވެ.

އިޓަލީ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށް ޔުވެންޓަސްއާ ގުޅޭ މާލީ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނައިރު، އެންމެ ފަހުން މި ނިމުނު މައްސަލަ އަކީ ކޮވިޑް-19ގެ ދުވަސްވަރު ކުޅުންތެރިންގެ މުސާރައާ ގުޅޭ ކަންތައްތަކެއް އޮޅުވާލި ކަމެވެ. މި މައްސަލައިގައި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ޔުވެންޓަސް އަށް އިތުރު އަދަބެއް ދޭން މަޝްވަރާތައް ފަށާފައިވަނިކޮށް ޔުވެންޓަސް އިން މި ވަނީ ޖޫރިމަނާއެއް ދައްކައިގެން ސަލާމަތްވާން މަސައްކަތް ފަށައިފަ އެވެ.

އެ ގޮތުން، މި މައްސަލައިގައި ޔުވެންޓަސް އިން 751،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކައިފިނަމަ، އިތުރު އަދަބެއް ނުލިބި ސަލާމަތްވާނެ އެވެ. އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ބެލި ބެލުމުގައި ފާހަގަވި ކަމަކީ ކޮވިޑް-19ގެ ދުވަސްވަރުގައި ޔުވެންޓަސް އިން ކުޅުންތެރިންގެ ކޮންޓްރެކްޓުން އުސޫލާ ހިލާފަށް ވަކި ޕަސެންޓެއް އުނިކުރީ ގަވާއިދުތަކާ ހިލާފަށް ކަމަށްވާއިރު، ލިޔެކިޔުންތަކުގައި އެ ބައިތައް ހިމަނާފައިނުވާ ކަމެވެ.