30 މޭ 2023 - 13:59 0
ސާއިފް ޝިޔާދު
30 މޭ 2023 - 13:59 0
މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ގަރާރެއް މިއަދު ބޭރުކޮށްލައިފި އެވެ.
މިއީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި ގަރާރުތަކެކެވެ. އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައި ދެ ބޭފުޅުން ވެސް މި ގަރާރުތައް ހުށަހެޅުއްވި ނަމަވެސް އޭގެ ފަހުން އެ ޕާޓީން ވަކިވެ ދެ މެމްބަރުން ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް މުހައްމަދު ނަޝީދު އުފައްދަވާ ޑިމޮކްރެޓުންނާ އެކު އެވެ.
ޝިޔާން ހުށަހެޅުއްވީ "އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިއާދަކޮށް ދަނޑުވެރިންނަށް ދިނުމަށް" ގޮވާލާ ގަރާރެކެވެ.
މި ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުންނެވެ. އަދި, ބަލައިނުގަތުމަށް 42 މެމްބަރުން ވޯޓު ދެއްވި އެވެ.
ފިރުޝާން ހުށަހެޅުއްވީ "އެމްޑީޕީގެ ވެރިކަމެއް އޮވެމެ، އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް" ގޮވާލާ ގަރާރެކެވެ.
މި ގަރާރު ބަލައިގަތުމަށް ވެސް ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުންނެވެ. އަދި, ގަރާރާ ދެކޮޅަށް 41 މެމްބަރުން ވޯޓު ދެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment