Advertisement

އޭއައިއޭގެ ބޯޑަށް ޝަޒުރާ، ބިޒްނަސް ސެންޓަރުގެ ބޯޑަށް ލަމްޔާ

30 މޭ 2023 - 07:57 4

އޭއައިއޭގެ ބޯޑަށް އައްޔަން ކުރި ޝަޒުރާ އަދި ބިޒްނަސް ސެންޓަރުގެ ބޯޑަށް އައްޔަން ކުރި ލަމްޔާ


އޭއައިއޭގެ ބޯޑަށް ޝަޒުރާ، ބިޒްނަސް ސެންޓަރުގެ ބޯޑަށް ލަމްޔާ

30 މޭ 2023 - 07:57 4

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ ބޯޑަށާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ ބޯޑަށް ބޭފުޅަކު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އިއްޔެ އައްޔަންކޮށްފި އެވެ.

އޭއައިއޭގެ ބޯޑަށް އައްޔަން ކުރީ ސ. ފޭދޫ، މޫންލައިޓު ޝަޒުރާ ޝާކިރު އެވެ. ބިޒްނަސް ސެންޓަރުގެ ބޯޑަށް އައްޔަންކުރީ މއ. ނޫރީ ލަމްޔާ އިބްރާހިމް އެވެ.

އޭއައިއޭ އަށް އައްޔަން ކުރި ޝަޒުރާ އަކީ މިހާރު އެފްޖޭއެސް ކޮންސަލްޓިންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ޝަޒުރާ ކުރިން ވަނީ ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކުގެ އެޗްއާރު ރެޕްރެޒެންޓޭޓިވްގެ މަގާމާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖާ އެޑްމިނިސްޓްރޭޝަންގެ މަގާމު ފުރުއްވައިފަ އެވެ.

ބިޒްނަސް ސެންޓަރުގެ ބޯޑަށް އައްޔަން ކުރި ލަމްޔާއަކީ ކުރިން އިކޮނޮމިކް މިނިސްޓްރީގެ އެކި މަގާމުތަކުގައި އުޅުއްވި އަދި ހަޒާނާ މޯލްޑިވްސް އާއި އެޗްޑީސީ (މިހާރު އާބަންކޯ)ގެ ބޯޑު މެމްބަރުކަން ވެސް ފުރުއްވި ބޭފުޅެކެވެ.

ލަމްޔާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ބެޗްލާ ޑިގްރީ ހާސިލުކޮށްފަ އެވެ.