30 މޭ 2023 - 00:28 0
ފާތިމަތު ސާޔާ އަހުމަދު
ސްރީލަންކާއަށް ވަނީ ބޮޑު އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައި. -- ފޮޓޯ: ބްލޫމްބާގް
30 މޭ 2023 - 00:28 0
މެނީލާ، ފިލިޕީންސް (މޭ 29) - އިގުތިސާދީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ސްރީލަންކާއަށް 350 މިލިއަން ޑޮލަރުގެ ލޯނެއް ދޭން އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ހޯމަ ދުވަހު ފާސްކޮށްފި އެވެ.
އޭޑީބީން ބުނީ ލޯނުގެ އެހީގައި ލަންކާގެ އިގުތިސާދު ހަމަޖައްސަން ފަސޭހަ ވާނެ ކަމަށެވެ. އެ ގައުމުން ޑޮލަރު ހުސްވެ، 46 ބިލިއަން ޑޮލަރުގެ ދަރަނި ޑީފޯލްޓުވީ މީގެ އަހަރެއް ކުރިންނެވެ.
"ލަންކާގެ ގޮންޖެހުންތަކުން އަރައިގަންނަން ކުރާ މަސައްކަތާއި އިގުތިސާދީ ހަމަޖެހުން ގާއިމްކުރަން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭން" ތައްޔާރު ކަމަށް އޭޑީބީގެ ރައީސް މަސަތްސޫގޫ އަސަކާވާ ވިދާޅުވި އެވެ.
މީގެ ދެ މަސް ކުރިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ 2.8 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ފާސްކޮށް، އޭގެ ފުރަތަމަ އިންސްޓޯލްމަންޓުގައި ހިމެނޭ 330 މިލިއަން ޑޮލަރު ލަންކާއަށް ފޯރުކޮށްދީފަ އެވެ.
ލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުން އަވަސްކުރަން އެދެފި
އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންސްޓޯލްމަންޓަށް ބަހާލައިގެން 2.9 ބިލިއަން ޑޮލަރުގެ ލޯނެއް އައިއެމްއެފްއިން ދޭނެ ކަމަށް ބުނީ މާޗް މަހު އެވެ. އެހެން ނަމަވެސް، އެ އެއްބަސްވުމާ ހަމައަށް ދިޔައީ ޝަރުތުތަކެއް ހިމަނައިގެންނެވެ.
ލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުން އަވަސްކުރަން އެދެފި
އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންސްޓޯލްމަންޓަށް ބަހާލައިގެން 2.9 ބިލިއަން ޑޮލަރުގެ ލޯނެއް އައިއެމްއެފްއިން ދޭނެ ކަމަށް ބުނީ މާޗް މަހު އެވެ. އެހެން ނަމަވެސް، އެ އެއްބަސްވުމާ ހަމައަށް ދިޔައީ ޝަރުތުތަކެއް ހިމަނައިގެންނެވެ.
"އިސްލާހީ ބަދަލުތައް ގެނައުމުގައި އެއްބަސްވުންތަކާ ހަމައަށް ދެވޭނީ ދެފުށްފެންނަ، ހުޅުވާލެވިފައިވާ މުއާމަލާތްތައް ކުރެވިގެން،" އޭޑީބީގެ ބަޔާނުގައި ބުންޏެވެ.
މިދިޔަ ހަފުތާގައި އައިއެމްއެފުން ލަންކާއަށް ގޮވާލީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އަވަސް ކުރުމަށެވެ. އައިއެމްއެފުން އެ ގައުމަށް އެހީ ދޭން އެއްބަސްވީ ދަރަނި ރީސްޓްރަކްޗާ ކުރުމާއި ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުން ފަދަ ގިނަ އިސްލާހީ ފިޔަވަޅުތަކަށް އަޅަން ޝަރުތުކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment