28 މޭ 2023 - 12:27 1
އައިޝަތު ނުޒުހާ
ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
28 މޭ 2023 - 12:27 1
ރަށްރަށަށް ސަރުކާރުން ކޮށްދެމުން އަންނަ ކަންކަން ރައްޔިތުން ބަލައިގަންނަކަން ރާއްޖޭގެ ރަށްރަށަށް ވަޑައިގަތުމުން ފެންނަ މަންޒަރުން ޔަގީންވެގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތީ ރިޔާސީ އިންތިހާބުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގޮތް ނިންމުމުގައި އެ ކަންކަމާމެދު ރައްޔިތުން ވިސްނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ފ. ފީއަލީގައި ފެނަކައިން ހިންގި ތިން މަޝްރޫއެއް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަރާ ކޮންމެ ރަށެއްގައި ވެސް ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއެއް ނިމި ހުޅުވަން ޖެހިފައިވާ ކަމަށެވެ.
"މިހާތަނަށް 68 އާ އޮފީސް ނިންމައިފި، 48 އިންޖީނުގެ ހުޅުވައިފި، އަޅުގަނޑަށް އޮތީ އޭގެ ރިބަން ކަނޑަން އިންވައިޓު ކޮށްފައި، އޭގެ އިތުރުން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ވޯޓުގެ ކުރިން އިތުރު 28 އިންޖީނުގެ ހުޅުވި ހިދުމަތް ދޭނެ ފަށާނެ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް އެކި މުވައްސަސާތަކުގެ ގިނަ މަޝްރޫއުތަކެއް މި ތިން މަސް ތެރޭގައި ނިމޭނެކަން ފާހަގަކުރައްވައި ރައީސް ވަނީ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ވެސް ގާއިމު ކުރަމުން އަންނަ ކަން ފާހަގަކުރައްވައިފަ އެވެ.
"ޖުލައި މަހުން ފެށިގެން ބޮޑު އަދަދެއް، ޖޫން ޖުލައި އޮގަސްޓުގައި ގިނަ ރަށްތަކަކަށް އެ ހިދުމަތް ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފަށާފައި މިވާ ދަތުރު އިތުރު ފަސް އަހަރަށް އިތުރަށް ގެންދެވޭނެ ކަމުގެ ޔަގީންކަން މިހާރު ރާއްޖޭގެ އެކި ރަށްރަށުން ފެންނަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.
އެކަމުގައި މި ދާއިރާގެ ރައްޔިތުން ބާކީވާން ބޭނުންފުޅު ނުވާކަމަށާއި އެދެނީ މިހާރު ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް އެކުގައި ދެމިތިބުމަށް ކަމަށް ވެސް ފީއަލީ ރައްޔިތުންނާ މުހާތަބު ކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ.
ފީއަލީގައި މިއަދު އަލަށް ހުޅުވާފައިވަނީ އިންޖީނުގޭގެ އާ އިމާރާތާއި ފެނަކައިގެ އާ އޮފީސް އިމާރާތެއްގެ އިތުރުން އައިސްޕްލާންޓެވެ.
އައިސްޕްލާންޓު ހުޅުވުމަށް އިޝާރާތް ކުރައްވައި ރައީސް ވަނީ ވެރިކަމަށް އައުމަށް ފަހު މަސްވެރިންނަށްޓަކައި ބޮޑު ބަދަލެއް ގެންނަން ފަށާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން މިފްކޯގެ ކެޕޭސިޓީ ވެސް ފަސް ގުނަ އިތުރު ކުރެވިފައިވާ ކަމަށާއި މަސް ފިނިކޮށް ގަނޑުކުރުމުގެ ކެޕޭސިޓީ ވެސް 80 މެޓްރިކް ޓަނުން 500 އަށް އިތުރުކުރެވިފައިވާ ކަމަށާއި ކުރިއަށް ވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން މަސްވެރި ސިނާއަތަށް މި ގެނެވޭޭ ބަދަލު ދުވަހުން ދުވަހަށް ކުރިއަށް ގެންދާނެ، އެކަން މި އަހަރު ނިމޭއިރު ތަފާތު ބޮޑުކޮށް ގެންނާނަން، މަހުގެ އަގަށްވެސް އެ ހެޔޮ ބަދަލު ގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ މާފުކޮށްދޭން މަޝްވަރާކޮށްފައިވާ ކަން ފާހަގަކުރައްވައި ލަސްތަކެއް ނުވެ އެކަމުގެ ނަތީޖާއެއް ލިބޭނެ ކަމަށް ވިދާޅުވާ ވާހަކަ ރައީސް ވަނީ މިއަދު ވެސް ތަކުރާރުކުރައްވައިފަ އެވެ.
"މަހުގެ ޑިިއުޓީ ލުއިކުރުމަށް ގިރާކުރަން ޖެހޭ އޮޅިއެއް ދެން ނެތް"
ރައްޔިތުން މަޖިލީހުގައި ހުންނަވާ މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު މިހެން ވިދާޅުވީ ރާއްޖެއިން ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އިޝާރާތް ކުރައްވަމުންނެވެ.
"މަހުގެ ޑިިއުޓީ ލުއިކުރުމަށް ގިރާކުރަން ޖެހޭ އޮޅިއެއް ދެން ނެތް"
ރައްޔިތުން މަޖިލީހުގައި ހުންނަވާ މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު މިހެން ވިދާޅުވީ ރާއްޖެއިން ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އިޝާރާތް ކުރައްވަމުންނެވެ.
ރައީސް ސޯލިހު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފީއައްޔަކީ ފަހު މަންޒިލެވެ. އެމަނިކުފާނު ވަނީ އިއްޔެއާ މިއަދު އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން ތަފާތު އެކި މަޝްރޫއުތައް ހުޅުވައިދެއްވައި، ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ނަދުރު
almost 2 years ago
ރައްޔިތުން ސަރުކާރުތަކުން ކުރާ މަސައްކަތްތައް ބަލައިގަންނާނީ އެ މަސައްކަތްތަކަކީ އަގާއި މަސައްކަތްތައް ވެސް އެކަށީގެންވާ ގޮތަކަށް ކުރީމައެވެ. މިސަރުކާރުން ކުރާމަސައްކަތްތަކަކީ ނިކަމެތި ރައްޔިތުމީހާ ލައްވައި މަސައްކަތް ކޮއްފައި ފައިސާ ނުދީ ރައީސް ގޮސް އެތަނުގެ ފޮތިގަނޑު ކަޑާލީމާ ރައްޔިތުން ގަބޫލު ނުކުރާނެއެވެ.
Comment