Advertisement

ސަރުކާރަށް ތައުރީފު ކުރައްވައި މުހުސިން ވިދާޅުވީ ކުރިން މިވަރުގެ ތަރައްގީ އަތޮޅަށް ނާންނަ ކަމަށް

27 މޭ 2023 - 12:04 0

ފ. ނިލަންދޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު: ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުގައި-- ފޮޓޯ: ރައީސް އޮފީސް


ސަރުކާރަށް ތައުރީފު ކުރައްވައި މުހުސިން ވިދާޅުވީ ކުރިން މިވަރުގެ ތަރައްގީ އަތޮޅަށް ނާންނަ ކަމަށް

27 މޭ 2023 - 12:04 0

ފ. ނިލަންދޫ

މި ސަރުކާރުން ނިލަންދޫ ދާއިރާއަށް ކޮށްދީފައިވާ ކަންކަމަށް ތައުރީފު އޮއްސާލައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނެވުމަށް ރައްޔިތުން އަބަދުވެސް ބޭނުންވާ ކަމަށް އެ ދާއިރާގެެ މެމްބަރު އަބްދުލް މުހުސިން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މެމްބަރު މުހުސިނަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މިނިވަން މެމްބަރެކެވެ. އެހެންނަމަވެސް މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައިގައި އޭނާ ސޮއިކުރުމާ ގުޅިގެން މުހްސިން އެ ޕާޓީއާ ގުޅެން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

ރައީސް ސޯލިހު މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވައި ވާހަކަ ދައްކަވަމުން، މުހުސިން ވިދާޅުވީ އާބާދީއަށް ބެލުމެއް ނެތި މި ދާއިރާއަށް މި ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށެވެ.

"ރާއްޖޭގެ ދެ ވަނަ އަށް އެންމެ އާބާދީ ކުޑަ ރަށަށް މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެއްވެސް ރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ނިލަންދެ އަތޮޅަށް ދެއްވާ އަހައްމިއްޔަތަށް ހަމަ ޝުކުރިއްޔާ،" މުހުސިން ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ނިލަންދޫ ފަޅު ހިއްކައި، އެ ތަނުގައި ދެ ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ވަނީ ނިލަންދޫ ބަނދަރަށް ޖަމާވެފައި-- ފޮޓޯ: ރައީސް އޮފީސް


މި އަތޮޅުގެ ދެރަށެއް މިހާރު ވެސް ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލާފައިވާ ކަން މުހުސިން ވިދާޅުވީ އެ ކަމުގެ ސަބަބުން ރައްޔިތުން ހީވެސް ނުކުރާ ފަދަ އިގްތިސޯދީ ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ.

"ބިޑަށް އިއުލާނުކޮށް ގާތްގަނޑަކަށް ހަވާލުކޮށްފައި އެއޮތީ، މިއީ މިއޮށް ކުޑަ އަތޮޅަށް ދުވަހަކު ވެސް އައި ވަރުގެ ތަރައްގީއެއް ނޫން، އަޅާ ކިޔާ ކަމަށް ވަންޏާ މިދިޔަ ސަރުކާރެކޭ މި ސަރުކާރެކޭ އެއްވެސް ތަފާތެއް ނެތް، މި ސަރުކާރު މާ ކުރީގައި އުޅެނީ،" މުހުސިން ވިދާޅުވި އެވެ.

ނިލަންދޫގައި ގާއިމް ކުރަން މީގެ ކުރީ ސަރުކާރުން ވައުދުވި އެއާޕޯޓު ނޭޅުނު ނަމަވެސް އެއަށްވުރެ ބޮޑު ތަރައްގީއެއް މި ސަރުކާރުން ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި މި އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ވަޑައިގަންނަވާނެ އެވެ. ރައީސްގެ އަރިހުގައި ބައެއް ކެބިނެޓް މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.