Advertisement

ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ފ. އަތޮޅަށް ވަޑައިގެންފި

27 މޭ 2023 - 10:37 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އަނބިކަނބަލުން ފަޒުނާ އަހުމަދު : ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ފ. އަތޮޅަށް ވަޑައިގެންފި - ފޮޓޯ: ރައީސް އޮފީސް


ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ފ. އަތޮޅަށް ވަޑައިގެންފި

27 މޭ 2023 - 10:37 0

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި އަނބިކަނބަލުން ފަޒުނާ އަހުމަދު ފ. އަތޮޅަށް ވަޑައިގެންފި އެވެ.

މިއަދު ހެދުނު ފެއްޓެވި މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ފުރަތަަމަ ވަޑައިގެންނެވީ އެ އަތޮޅު ނިލަންދޫ އަށެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގައި ނިލަންދޫގެ އިތުރުން އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންމެ ރަށަކަށް ވަޑައިގެން ރައްޔިތުންގެ އިތުރުން ރަށްތަކުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ސޯލިހު ބައްދަލުކުރައްވައި، ރަށުގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ރައީސްގެ އެ ދަތުރުފުޅުގައި ފ. އަތޮޅުގެ ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންގޮސް ނިމިފައިވާ މަޝްރޫއުތައް އިފްތިހާހުކޮށްދެއްވާ އަދި ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތް ބައްލަވާލައްވާނެ އެވެ. އެގޮތުން ފ. އަތޮޅު ހޮސްޕިޓަލާއި ފ. މަގޫދޫގައި އަޅަމުންދާ އެއަޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް އެމަނިކުފާނު ބައްލަވާލައްވާނެ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުން ރައީސް ސޯލިހު ވާދަކުރައްވާއިރު، އެމަނިކުފާނު އަދި ރަސްމީކޮށް ކެމްޕޭނު ފައްޓަވާފައެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީއިން އަންނަނީ ކެމްޕޭނަށް ތައްޔާރުވުމުގައި ގޮތުން މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.