Advertisement

ފ.ނިލަންދޫ އާއި ބިލެތްދޫގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

24 މޭ 2023 - 16:57 0

ފ.ބިލެތްދޫ ބަނދަރު ހަދަން އެމްޓީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރުމަށް ފަހު އެއްބަސްވުން މީޑިއާއަށް ދައްކައިލަނީ. ފޮޓޯ: ޕްލޭނިން މިނިސްޓްރީ


ފ.ނިލަންދޫ އާއި ބިލެތްދޫގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

24 މޭ 2023 - 16:57 0

ފ. އަތޮޅުގެ ވެރިކަންކުރާ ރަށް ނިލަންދޫ އާއި އެ އަތޮޅު ބިލެއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ހައުސިން އަދި ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ނިލަންދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 510 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 66.6 މިލިޔަން ރުފިޔާ އަށެވެ. އެ މަސައްކަތަށް އެހާ ދިގު މުއްދަތެއް ދީފައި ވާއިރު، މަސައްކަތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ފ. ބިލެއްދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 72.3 މިލިޔަން ރުފިޔާ އަށެވެ.

އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރކްޓަރު އާދަމް އާޒިވެ.