Advertisement

އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް އޮތްކަން ސާބިތެއް ނުވި

22 މޭ 2023 - 10:47 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު؛ އޭނާގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ވަނީ ބުނެފައި


އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް އޮތްކަން ސާބިތެއް ނުވި

22 މޭ 2023 - 10:47 1

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ތަހުގީގުން ހާމަވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ހޯނޑެއްދޫއިން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސ،ް އޭނާ ވަގުތުން ފަރުވާއަށް ގެންދަން ފުލުހުން ނޫޅުނު ކަމަށް ތުހުމަތު ކުރާއިރު، އޭނާ ގެންދިޔައީ މާ ދުރު ރަށެއްގެ ހޮސްޕިޓަލަކަށެވެ.

މި މަރުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ބެލެވޭތީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މައްސަލަ ތަހުގީގު ކުރި އެވެ. އަދި, އާއިލާގެ ނުރުހުމުގައި ޕޯސްމޯޓަމް ވެސް ހަދާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާ މެންބަރު ހުސައިން ފިރުޝާން ވަނީ ބުރާސްފަތި ދުވަހު އެ މަރަށް ހަ މަސް ފުރޭއިރު ތަހުގީގުން ކުރެވިފައިވަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވައިފަ އެވެ.

"ޕޯސްޓްމޯޓަމް ހެދި ފަހުން އެންމެ ފޯނުކޯލެއް އާއިލާއަށް ގޮސްފައިނުވޭ، އެއްވެސް ހަބަރެއް ނުވޭ، ތަހުގީގަށް ވީ ގޮތެއް ނޭނގޭ،" ފިރުޝާން ވިދާޅުވި އެވެ.

ފިރުޝާންގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މި މައްސަލައިގައި ޔަގީން ކުރަން ބޭނުންވީ އޭނާ މަރުވުމުގައި ފުލުހުންގެ ސީދާ އަމަލެއް އޮތްތޯ އެވެ.

"ފުލުހުންގެ ސީދާ އަނިޔާއެއް ނުވަތަ ގަސްދުގައި އިހުމާލެއް އޮވެގެން އެކަން މަރުވި ކަމަށް ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް،" އިމްރާން ވިދާޅުވި އެވެ.

އަދި ދައްކާ ވާހަކައަކަށް ބިނާކޮށް ކަމެއް ނުނިންމޭނެ ކަމަށާއި ފުލުހުންގެ ތަހުގީގުން ސާބިތުނުވާ ކަމަކަށް ފިޔަވަޅެއް ވެސް ނޭޅޭނެ ކަމަށް ވިދާޅުވި އެވެ.

ގދ. ހޯނޑެއްދޫއިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި އޮޕަރޭޝަނުގައި އަބްދުﷲ ގެ އިތުރުން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި އަބްދުﷲ ހުއްޓާ މެއަށް ތަދުވެ، ސީޒާއެއް ޖެހޭފަދަ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.