Advertisement

ކޮންމެ ގައިދީއަކަށް އެވްރެޖުކޮށް ދައުލަތުން މަހަކު 20,000ރ. ހަރަދުކުރޭ

20 މޭ 2023 - 18:32 0

ނިމާ ހަސަން

ނިމާ ހަސަން

މާފުށި ޖަލުގައި ބަންދުކޮށްފައި ހުރި މީހެއް; ކޮންމެ ގައިދީއަކަށް އެވްރެޖްކޮށް މަހަކު 20,000ރ. ދައުލަތުން ހަރަދުކުރޭ


ކޮންމެ ގައިދީއަކަށް އެވްރެޖުކޮށް ދައުލަތުން މަހަކު 20,000ރ. ހަރަދުކުރޭ

20 މޭ 2023 - 18:32 0

ފާއިތުވެދިޔަ އަހަރު ކޮންމެ ގައިދީއަކަށް އެވްރެޖުކޮށް ދައުލަތުން 20,000ރ. މަހެއްގެ މައްޗަށް ހަރަދުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

ޕްރިޒަންސް އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން ދަސްވެނިވުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ޕްރިޒަންސް ކޮމިޝަނާ ވިދާޅުވީ, ގައިދީން ބެލެހެއްޓުމަށްޓަކައި ދައުލަތުން ބޮޑު ހޭދައެއް ކުރަމުން އަންނަ ކަމަށާއި, އެކަމުން ނަތީޖާ ހާސިލުކޮށް ހެޔޮ ބަދަލު ދައްކަންޖެހޭ ކަމަށެވެ.

"ފާއިތުވި އަހަރުގެ ބަޖެޓަށް ބަލާއިރު، 20،000ރ. ނިސްބަތުން މީހެއްގެ ބޮލަށް ހޭދަކުރަންޖެހޭ" ޕްރިޒަންސް ކޮމިޝަނާ ވިދާޅުވި އެވެ.

ޖަލަށް ގެންނަ މީހުންގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ އެވްރެޖުކޮށް ކޮންމެ ހަމަކު 64 މީހުން ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށަށް ގެންނަ ކަމަށެވެ. ނަމަވެސް, އެކި ސަބަބުތަކާ ހެދި ޖަލުން ދޫކޮށްލަން ޖެހެނީ ނިސްބަތުން 45 މީހުން ކަމަށެވެ.

އޭގެ އިތުރުން މި ރަސްމިއްޔާތުގައި ދަސްވެނިވި އޮފިސަރުންނާ މިހާތަބު ކުރައްވާ ޕްރިޒަންސް ކޮމިޝަނާ ވަނީ, ޕްރިޒަންސް އޮފިސަރުންގެ ޒިންމާ އަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން, ޖަލު އޮފިސަރެއްގެ ހައިސިއްޔަތުން ކުރާ އަދި ނުކުރާ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ ކަން ފާހަގަކޮށް އޭނާ ވަނީ ޖަލުގެ ވަޒީފާއާ ގުޅިގެންދާއިރު ފުރިހަމަ ކުރި ތަމްރީނުގެ ބޭނުން ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ދަސްވެނިވި އޮފިސަރުން މަސައްކަތު ސަފާ ގުޅި، އާ ޖީލެއް އުފެދިގެންދާއިރު, މަގުސަދުދުތައް ހާސިލުކުރުމަށްޓަކައި ކޯހުގައި ކިޔަވާދެވުނު ފިލާވަޅުތަކާއި އަމަލީގޮތުން ކުރި ތަޖުރިބާގެ ބޭނުންހިފާ، ނަތީޖާ ނެރެދިނުމަށް މަސައްކަތް ކުރުމަށް ވެސް ޕްރިޒަންސް ކޮމިޝަނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.