about 1 hour 0
about 1 hour 0
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް މައްސަލައިގައި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ ޖަލަށް ލާފައި ހުރި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގެއަށް ބަދަލުކޮށްފި އެވެ.
އަދަދުއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގެއަށް ބަދަލުކުރީ ބަލި ހާލަތު ހުރި ގޮތުންނެވެ. އޭނާ ގެއަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަނުން ހާމަކޮށްފައި ނުވެ އެވެ.
ބައްސާމްގެ މައްޗަށް އެ މައްސަލައިގައި ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން ދައުވާކުރީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން، އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓަކަށް ފައިސާ ދެއްކުމުންނެވެ. އެ މައްސަލައިގައި އޭނާ 44 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް އިއްވީ 23 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާގެ މައްޗަށް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ހުކުމެއް އޮތީ އިއްވާފަ އެވެ. އެހެންވެ އޭނާގެ ޖަލު ހުކުމުގެ ޖުމުލަ 32 އަހަރަށް އަރަ އެވެ.
Comment