Advertisement

ޑްރޯންއެއް ބޭނުންކޮށްގެން ޖަލަށް މަސްތުވާތަކެތި ވައްދަނިކޮށް ފަޅާއަރައިފި

15 މޭ 2023 - 22:06 0


ޑްރޯންއެއް ބޭނުންކޮށްގެން ޖަލަށް މަސްތުވާތަކެތި ވައްދަނިކޮށް ފަޅާއަރައިފި

15 މޭ 2023 - 22:06 0

ޑްރޯންއެއް ބޭނުންކޮށްގެން އައްސޭރި ޖަލަށް މަސްތުވާތަކެއްޗާއި ސިމް ކާޑުތަކެއް ވައްދަނިކޮށް މިއަދު ފަޅާއަރައިފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ ޖަލަށް މަނާ ތަކެތި ވައްދަން އުޅުނު ޑްރޯން ވައްޓާލައި ވައްދަން އުޅުނު ތަކެތި ހޯދާފައިވާ ކަމަށެވެ.

އަހުމަދު މުހައްމަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ފޮޓޯތަކަށް ބަލާއިރު ޖަލަށް މަނާ ތަކެތި ވައްދަން އުޅުނީ ޑްރޯނެއްގައި ކަންވާރަކާއި ބުޅިއެއް އައްސައި ބުޅީގައި އަޅުވާފައި އޮތް ޔޯގަޓު ފުޅިއެއްގެ ތެރެއަށް ތަކެތި ލައިގެނެވެ.

އަތުލައިގަތީ ފަސް ބުލެޓަށް އަޅާފައި ހުރި 29 ގްރާމުގެ މަސްތުވާތަކެއްޗާއި ފަސް ސިމް ކާޑު ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް ތަކެއްޗާއެކު މިދިޔަ ހުކުރު ދުވަހު ޖަލު އޮފިސަރެއް ވެސް ވަނީ އަތުލައިގަނެފަ އެވެ. އޭނާ މިހާރު ހުރީ ސަސްޕެންޝަނުގަ އެވެ.