Advertisement

މެރާކީގެ ކޮފީ ކެޕްސޫލް މޫލީއަށް, ގެންގޮސްދިނުން މުޅިން ހިލޭ

14 މޭ 2023 - 09:57 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


މެރާކީގެ ކޮފީ ކެޕްސޫލް މޫލީއަށް, ގެންގޮސްދިނުން މުޅިން ހިލޭ

14 މޭ 2023 - 09:57 0

މެރާކީ ކޮފީ ރޯސްޓަރސްއިން އުފައްދާ ރާއްޖޭގެ ފުރަތަމަ ކޮފީ ކެޕްސޫލް ލޯންޗު ކޮށްފި އެވެ.

އަމިއްލައަށް ނެތިފަނާވާ (ކޮމްޕޯސްޓަބަލް) މައުދަނަކުން އުފައްދާފައިވާ ސްޕެޝަލްޓީ ގްރޭޑްގެ އެ ކޮފީ ކެޕްސޫލަކީ، ފަސޭހަކަމާ އެކު ރަހަމީރު ކޮފީއެއް ކޮންމެ ވަގުތަކު، ކޮންމެ ތާކުވެސް ހަދާލެވޭނެ ގޮތަށް ފަރުމާކޮށް، ތައްޔާރުކޮށްފައިވާ ކެޕްސޫލެ ކަމަަށް އުރީދޫ އިން ބުނެ އެވެ.

ހެޔޮއަގުގައި ލިބެން ހުންނާނެ އެ ކެޕްސޫލް އުރީދޫގެ މޫލީ މެދުވެރިކޮށް ލިބޭއިރު، ކޮފީ ބޯ ފަރާތްތަކަށް އިތުރު އެއްވެސް ތުރާލެއް ނެތި، ގޭގައި ނުވަތަ އޮފީހުގައި ފެންވަރު ރަނގަޅު މީރު ކޮފީއެއް ހަދާލެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އަލަށް ތައާރަފްކުރި ކޮފީ ކެޕްސޫލްތައް މޫލީ މެދުވެރިކޮށް ކޮންމެތާކު އަދި ކޮންމެވަގުތަކު ވެސް ފަސޭހަކަމާ އެކު ބައްލަވައިގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރީ ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ މޫލީ ގެ ހިދުމަތާއެކު ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމާއި، އީޒީ ރިޓާންސް އަދި ގަންނަ ފަރާތްތަކަށް ޔަގީންކަމާއެކު ވިޔަފާރި ކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ. އަދި, ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް ބޮޑު ކަސްޓަމާ ބޭސްއަކާއި ޑެލިވަރީގެ ހިދުމަތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމުގައި ވެސް މި ޕްލެޓްފޯމް އެހީތެރިވެދެ އެވެ.

އުރީދޫ އިން ބުނީ ތިން ބާވަތެއްގެ ކޮފީ ކެޕްސޫލް ލޯންޗުކުރި އިރު، އެ ތިން ބާވަތަކީވެސް މުޅި އަހަރުގެ ތެރޭގައި ލިބެން ހުންނާނެ އުފެއްދުންތަކެއް ކަމަށެވެ. އެއީ ކްލެސިކް އެސްޕްރެސޯއެއްގެ މަތިން ހަނދާންކޮށްދޭނެ "ޗޮކްލެޓީ އެންޑް ނަޓީ" ކޮފީއަކާއި ސިގްނޭޗާ ޑްރިންކެއްގައި ބޭނުންކުރަން އެންމެ ކަމުދާ ޒަމާނީ "ބްރައިޓް އެންޑް ސިޓްރަސީ" ކެޕްސޫލެއްގެ އިތުރުން އާއްމުކޮށް ކޮފީގައި އެކުލެވޭ ރަހަތަކާއި ތަފާތު ރަހަތަކެއް ހިމެނޭ "ސްވީޓް އެންޑް ފުރުޓީ" ކެޕްސޫލެކެވެ.

މީގެ އިތުރުން ތަފާތު ސްޕެޝަލިޓީ ކޮފީއާއެކު، އެހެން ރަހަތައް ހިމެނޭ ކެޕްސޫލްތަކެއް އަހަރުގެ އެކި ހިސާބުތަކުގައި ލޯންޗުކުރުމަށް ވަނީ ރޭވިފަ އެވެ.