Advertisement

ހުލާސާކޮށް އިއްޔެ: ފޯޅަވަހި މައްސަލާގައި ޖޭޕީގެ ސްޓޭންޑެއް ނެތް!

14 މޭ 2023 - 06:32 0

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހުމަދު


ހުލާސާކޮށް އިއްޔެ: ފޯޅަވަހި މައްސަލާގައި ޖޭޕީގެ ސްޓޭންޑެއް ނެތް!

14 މޭ 2023 - 06:32 0

ފޯޅަވައްސާއި އައްޑޫއާ ދެމެދު އޮތް ކަނޑުގެ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑަކީ އިޓްލޮސްގެ ނިންމުމުގެ ސަބަބުން މަސް ކަނޑުން ދިވެހިންނަށް ލިބެން އޮތް ބަޔެއް ގެއްލިއްޖެ ކަމަށެވެ. ހުކުމުގެ ކުރިއަށް އިޓްލޮސްއަށް އެ ޕާޓީގެ ފަރާތުން ފޮނުވި ސިޓީ އާއި، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ގާސިމް އިބްރާހީމް ކުރެއްވި ޓްވީޓްގައި ބަޔާންކޮށްފައި ވަނީ އެހެނެވެ.

ނަމަވެސް, ސަރުކާރުގެ ކެބިނެޓުގައި ތިއްބަވާ ޖުމްހޫރީ ޕާޓީގެ ދެ ވަޒީރަކު ވަނީ އިޓްލޮސްގެ ނިންމުމާއެކު ސަރުކާރަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވައިފަ އެވެ. އެއީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ސަރުކާރު ކެބިނެޓުން ބޭއްވި ޕްރެސް ކޮންފެރެންސްގައި، ކެބިނެޓުގައި ޖުމްހޫރީ ޕާޓީ ތަމްސީލްކުރައްވާ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ވަނީ ސަރުކާރުގެ ސްޓޭންޑް ދިފާއުކޮށް ވާހަކަ ވެސް ދައްކަވައިފަ އެވެ.

މަސްވެރިކަން ކުރުމަށް ފަހު އެނބުރި ދާ ބަޔަކު ހިފަހައްޓަން އެންމެ ދުރަށް ވެސް އޭރު ދެވޭނީ އޭނާ ވިދާޅުވި ގޮތުގައި އިތުރު 12 މޭލަށް ކަމަށާއި، އެއަށް ވުރެ ބޭރަށް ދިއުމުން ހިފެހެއްޓޭނެ ގާނޫނީ ބާރު ނޯންނަ ކަމަށް ވެސް އޭނާ އެ ދުވަހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮތީ އީއީޒެޑް ކްލެއިމްކޮށްފައި. އެކަމަކު އެ ކްލެއިމަކީ ސައްހަ ގޮތުގައި މިއަދާ ހަަމައަށް ހަމަޖެހިގެން ދިޔަ ތަނަކަށް ނުވާތީ އެހެން އެކަން ވަނީ. އެހެންވީމާ ރާއްޖޭގެ އެ ސަރަހައްދު ބެލެހެއްޓުން އޮތީ އުނދަގުލަކަށް ވެފައި،" ޕްރެސް ކޮންފެރެންސްގައި ވަޒީރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސްޓޭންޑާ ހިލާފަށް ހިޔާލު ހުންނެވި އިރު އަދިވެސް ޕާޓީގައި ހުންނެވުމަކީ ސިޔާސީ ގޮތުން ހިފަހައްޓަން ޖެހޭ "އެތިކްސް"އާ ހިލާފު ކަމެއް ނޫންތޯ "އަދަދު" ނޫހުން ސުވާލު ކުރުމުން ވަޒީރު ވިދާޅުވީ އެ ކަމުގައި ޖޭޕީގެ ކައުންސިލުން އަދި ލީޑަރު ވެސް ވަކި ގޮތެއް އަންގަވާފައި ނެތް ކަމަށެވެ.

"ޖޭޕީގެ ރަސްމީ ޕޮޒިޝަނެއް ތި ކަމުގައި ނެތް، ކައުންސިލަށް ގެނެސް ތި ކަމުގައި ބަހުސެއް ވެސް ނެތް ކޮށްފައި، ޖޭޕީގެ ލީޑަރު ދެކޭ ގޮތެއް އެބަ އޮތް، އޭގައި ވެސް އޮތީ ރާއްޖޭން ކަނޑުގެ ސަރަހައްދުން ބައެއް ނުގެއްލެން، އެއީ ސަރުކާރު އަދި އަޅުގަނޑު ވެސް އެދޭ ގޮތް،" ޑރ. ހުސައިން ރަޝީދު ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޒުލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެއްޖެ ނަމަ އެ މެމްބަރުން ޕާޓީން ވަކިކުރުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) އިއްޔެ ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައި އެބަ އޮތް ޕާޓީން ވަކިވާނެ ގޮތް. އޭގެ ތެރޭގައި އޮންނަނީ ބުނެފައި އެހެން ޕާޓީއެއްގެ ހަރަކާތްތަކުގައި ބައިވެރިވުން [އެއީ ވަކިވާނެ ކަމެއް ކަމަށް]. މިހާރު އުސޫލެއްގެ ގޮތުން އެހެން ޕާޓީއެއްގެ ހަރަކާތްތަކުގައި ތާ އެ ބައިވެރިވަނީ،"

ދުވަހުގެ ފޮޓޯ

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި ކުލަބް ގްރީން ސްޓްރީޓްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗްގެ ތެރެއިން. އެ މެޗްގައި ގްރީން ސްޓްރީޓްސް އަތުން މާޒިޔާ މޮޅުވީ 5-0 އިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު