Advertisement

ޑޯޓްމަންޑުން ބަޔާން ފަހަތުގައި ވިއްދައިފި

14 މޭ 2023 - 00:26 0


ޑޯޓްމަންޑުން ބަޔާން ފަހަތުގައި ވިއްދައިފި

14 މޭ 2023 - 00:26 0

މިއުނިކް (މެއި 14) - ޖަރުމަނު ލީގުގައި މިރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 5-2 އިން މޮޅުވެ، ބޮރޫޝިއާ ޑޯޓްމަންޑުން ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ ޕޮއިންޓަކަށް ފަރަގުކުޑަކޮށްފި އެވެ.

ލީގުގައި މިރޭ ބަޔާނުން ކުޅުނު މެޗުން ޝާލްކާ އަތުން 6-0 އިން މޮޅުވެ، އެއް ވަނައިގައި ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް ވަގުތީ ގޮތުން ނަގައިފަ އެވެ. އެކަމަކު، ޑޯޓްމަންޑް މޮޅުވުމުން ބަޔާންގެ ލީޑު ވަނީ ޕޮއިންޓަކަށް ކުޑަވެފަ އެވެ. ބަޔާން އެއް ވަނައިގައި އޮތީ 32 މެޗުން 68 ޕޮއިންޓާ އެކު އެވެ، ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 32 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ބަޔާން ކުޅުނު މެޗުގައި ޝާލްކާ ކޮޅަށް ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި އެވެ. ބަޔާނުން ލީޑުނެގީ މެޗުގެ 21 ވަނަ މިނިޓްގައި ތޯމަސް މުލާ ޖެހި ގޯލުންނެވެ. އޭގެ އަށް މިނިޓް ފަހުން ޕެނަލްޓީ އަކުން ބަޔާންގެ ޔޯސުއާ ކިމިކް ވަނީ ބަޔާންގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ, ބަޔާންގެ ޖަމާލް މުސިއާލާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފުގެ ފުރަތަަމަ 20 މިނިޓް ތެރޭ، ބަޔާންގެ ތިން ވަނަ ގޯލާއި ހަަތަރު ވަނަ ގޯލު ޖެހީ ސާޖް ގްނަބްރީ އެވެ. ބަޔާންގެ އަނެއް ދެ ގޯލު މެޗުގެ ފަހު ކޮޅުގައި ޖެހީ ފްރާންސްގެ ޒުވާން ފޯވާޑް، މަތީސް ޓެލް އަދި ނުސައިރު މަޒްރައޮއީ އެވެ.

ބަޔާނުން މަސައްކަތް ކުރަމުން އަންނަނީ ޖެހިޖެހިގެން 11 ވަނަ ފަހަރަށް ލީގު ހޯދުމަށެވެ. އެ އަށް ހުރަސް އަޅަން މަސައްކަތް ކުރާ ޑޯޓްމަންޑުން މިރޭ ވަނީ ރަނގަޅު މޮޅެއް ހޯދައިފަ އެވެ. ޑޯޓްމަންޑުން ޖެހި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ސަބެސްޓިއަން އަލެއާ އެެވެ. ދެން ޖެހި ގޯލުތަކަކީ ޕެނަލްޓީ އަކުން ޖޫޑް ބެލިންހަމް ކާމިޔާބުކުރި ގޯލާއި ޑޮންޔެލް މާލެން އާއި ޖިއޮވާނީ ރޭނާ ޖެހި ގޯލެވެ. މުންޗެންގްލަޑްބެކްގެ ގޯލުތައް ޖެހީ ޕެނަލްޓީ އަކުން ރަމީ ބެންސެބޭނީ އާއި ލާސް ސްޓިންޑްލް އެވެ.

ލީގުގައި މިރޭ ފްރައިބާގް އަތުން ލީގުގެ ތިނެއްގައި އޮތް ޔޫނިއަން ބާލިން ވަނީ 4-2 އިން މޮޅުވެފަ އެވެ. ފްރޭންކްފާޓުން ވަނީ 3-0 އިން މައިންޒް ބަލިކޮށްފަ އެވެ. އަދި ހޮފެންހައިމް އަތުން ވުލްފްސްބާގް މޮޅުވީ 2-1 އިންނެވެ.