Advertisement

ދޮންދަރިން ކުރިމަތީގައި އަނބިމީހާއަށް އަނިޔާ ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

13 މޭ 2023 - 14:44 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ދޮންދަރިން ކުރިމަތީގައި އަނބިމީހާއަށް އަނިޔާ ކުރި އިންޑިއާ މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައި


ދޮންދަރިން ކުރިމަތީގައި އަނބިމީހާއަށް އަނިޔާ ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

13 މޭ 2023 - 14:44 0

ދޮންދަރިން ކުރިމަތީގައި އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

ގެވެށި އަނިޔާ، މާރާމާރީ ހިންގުން، ބިރުދެއްކުން އަދި އިންޒާރު ދިނުމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހުސެއިން ސަޔަދު އިބްރާހިމް، 53، އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ދީފައި ވަނީ އޭނާގެ ކިބައިން މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފެންނާތީ އެވެ.

އެގޮތުން, އަންހެން މީހާއަށް ދީފައިވާ އަނިޔާތަކަކީ ބޮޑެތި އަނިޔާތަކަކަށް ވާއިރު، އެ އަނިޔާތަކުގެ ބާވަތަށް ބަލާއިރު އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭ ކަމަށް އަމުރުގައިވެ އެވެ.

އޭގެ އިތުރުން، އަނިޔާ ކުރި މަންޒަރު ފެނުނީ އަންހެން މީހާގެ އިތުރުން އޭނާގެ ދެ ދަރިންނަށް ކަމަށްވާއިރު، އެ މީހުންނާ އޭނާއާ އޮތް ގުޅުމުގެ ސަބަބުން އެ މީހުންނަށް އޭނާ ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮތް ކަމަށް އޭގައި ވެ އެވެ.

ސަޔަދުގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް އަމުރުގައިވެ އެވެ. އެގޮތުން، ފުލުހުން ހުށަހަޅާފައިވާ އަނިޔާ ލިބުނު އަންހެން މީހާގެ ބަޔާނާއި، ފޮޓޯތަކުން އޭނާއަށް އަނިޔާކޮށްފައިވާކަން އެނގޭކަން އަމުރުގައި ފާހަގަކުރި އެވެ.