13 މޭ 2023 - 10:40 0
އާމިނަތު ނިއުޝާ
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު -- ފޮޓޯ: މަޖިލިސް
13 މޭ 2023 - 10:40 0
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ދެމީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލާގައި މެއި 11، ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދެ ދިވެހި ފިރިހެނަކު ހައްޔަަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރީ އުމުރުން 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ.
އެ ދެމީހުންގެ ބަންދަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެ މަައްސަލަ ފުލުހުން އަަންނަނީ ތަަހުގީގުކުރަމުންނެވެ.
މެމްބަރު ޒަރީރުއަށް ހަމަލާ ދިނީ މެއި 1، ގައި ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ (ކުރީގެ އޮރިގާނޯ) ގައި އޭނާ އިންނަވަނިކޮށެވެ.
ޒަރީރަށް ހަމަލާދިން އިރު، އޭނާއާ އެކު މާފަންނު ދެކުނު ދާއިރާގެ މެމްބަރު، އާދަމް އަލީ ވެސް އިންނެވި ކަމަށްވެ އެވެ. އަދި ހަމަލާދިން މީހުން އެތަނުން ނުކުމެގެން ދިޔަ މަންޒަރު އެސަރަހައްދުގައި ހުރި ސީސީޓީވީތަކަށް ވެސް އަރާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment