11 މޭ 2023 - 22:25 0
11 މޭ 2023 - 22:25 0
ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ އޭޝިޔާ ޕެސިފިކް ގުޅިގެން ރީޖަނުން ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ "ކޮމްބައިންޑް ކޮލިޓީ ކޮންޓްރޯލް ވޯކްޝޮޕް" ނިންމާލައިފި އެވެ.
ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވައިފަ އެވެ.
ޑާސާގެ އިސްނެގުމުގެ މަތިން ބައިނަލް އަގްވާމީ ވައިގެ ދަތުރުފަތުރުގެ މައި ޖަމިއްޔާ ކަމުގައިވާ އައިކާއޯގެ އޭޝިޔާ ޕެސިފިކް ރީޖަނަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދެވުނު ތަމްރީން ޕްރޮގްރާމުގައި ތައިލެންޑް، މެލޭޝިޔާ، އަދި ސިންގަޕޫރު ގެ އިތުރުން ރާއްޖޭގެ އެވިއޭޝަން ސެކިއުރިޓީ އާ ގުޅުންހުރި މަސައްކަތްކުރާ 20 މުވައްޒަފުން ބައިވެރި ވެފައިވެ އެވެ.
ޑާސާއިން ބުނީ މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހާ ކަންކަން ސަލާމަތްތެރިކަމާއެކު ހިންގުމަށް ކަނޑައެޅޭ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމުގެ ޒިންމާ އަދާކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުވެގެން ދާނެ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކަކީ، އޭވިއޭޝަން ސެކިއުރިޓީ ގޮތުން ފުރިހަމަ މިންގަނޑުތަކެއް ހިފަހައްޓާ، ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ވައިގެ ބަނދަރުތަކަކަށް ވެގެން ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
Comment