Advertisement

މިފްކޯގެ ތަމްރީނު: 35 ޖާގަ، 6,000ރ. އެލަވަންސް

10 މޭ 2023 - 23:06 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މިފްކޯ މަސްފެކްޓުރީއެއްގައި ބަޔަކު މަސައްކަތް ކުރަނީ؛ ތަފާތު އެކި ދާއިރާތަކުން 35 މީހަކަށް މިފްކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވޭ -- ފައިލް ފޮޓޯ


މިފްކޯގެ ތަމްރީނު: 35 ޖާގަ، 6,000ރ. އެލަވަންސް

10 މޭ 2023 - 23:06 0

ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މިފްކޯއިން 35 ޒުވާނުން ތަމްރީނުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ މަސައްކަތުގެ ދާއިރާތަކުން ދޭ ތަމްރީނު ފުރިހަމަކުރާ މީހުންނަށް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ދޭނެ ކަމަށާއި، އަދި 6،000ރ. އެލަވަންސެއް ދޭނެ ކަމަށެވެ.

ތަމްރީނުތައް ކުރިއަށް ގެންދާނީ މިފްކޯގެ މަރުކަޒުތައް ހުރި ފުވައްމުލަކާއި، ޅ. ފެލިވަރާއި، މ. މުލަކުގެ އިތުރުން ގދ. ތިނަދޫގަ އެވެ.

އެޕްރެންޓިސްޝިޕަށް ހުޅުވާލި ދާއިރާތައް

  • ރިފްރިޖްރޭޝަން އެންޑް އެއާކޮންޑިޝަނިން މެކޭނިކް
  • މެކޭނިކަލް އިންޖީނާ/ މެރިން މެކޭނިކް
  • ފިޝް ޕްރޮސެސިން ކޮލިޓީ ކޮންޓްރޯލް އޮފިސަރު
  • އޮޓޯމޯޓިވް މެކޭނިކް
  • އިލެކްޓްރީޝަން
  • އެގްރިކަލްޗާ އޮފިސަރު

ޝަރުތު

  • އުމުރުުން 18 އަހަރު ފުރިފައިވުން
  • ގްރޭޑު 10 ފުރިހަމަކޮށްފައި ހުރުން ނުވަތަ ޖީސީއީ އޯލެވެލް ފެންވަރު ހުރުން

މި ޕްރޮގްރާމުގެ ދަށުން ޓްރޭނިން ދެވޭ މީހުން މަސައްކަތް ކުރަން ޖެހޭ ގަޑިއެއް ކަމަށް ކަނޑައަޅާފައި ވަނީ ހެނދުނު 7:30 އިން ފެށިގެން ހަވީރު 4:30 އަށެވެ.

މި ޕްރޮގްރާމު ނިންމާ ފަރާތްތަކުގެ ގާބިލުކަމަށް ބަލައި ދާއިމީ ވަޒީފާ ލިބޭނެ ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.