Advertisement

ޔަމަންއާ ގުޅޭ ގޮތުން އެމެރިކާއިން ސައުދީ އަރަބިއްޔާއާ މަޝްވަރާކޮށްފި

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާން. -- ފޮޓޯ: އޭޕީ


ޔަމަންއާ ގުޅޭ ގޮތުން އެމެރިކާއިން ސައުދީ އަރަބިއްޔާއާ މަޝްވަރާކޮށްފި

ރިޔާދް، ސައުދީ އަރަބިއްޔާ (މޭ 8) - ޔަމަނުގެ އަށް އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަަރު ޖޭކް ސަލިވަން، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންއާ މަޝްވަރާ ކުރައްވައިފި އެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ ޔަމަނަށް ދާއިމީ ސުލްހަ ގެނައުމަށް ކުރަމުންދާ މަޝްވަރާގައި ލިބިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި ޔަމަނުގައި އދ. އިން އަދާކުރާ ދެ ގައުމުން ފާހަގަކުރި ކަމަށެވެ.

ޔަމަނުގެ ހަނގުރާމަ ފެށީ ގާނޫނީ ސަރުކާރާ ދެކޮޅަށް ހޫތީން ނިކުމެ ވެރިރަށް ސަނާ ހިފުމުންނެވެ. ހޫތީންނަށް އެހީވަނީ އިރާނުންނެވެ. ސައުދީ އަރަބިއްޔާ އާއި މުސްލިމް ގައުމުތަކެއްގެ ކޯލިޝަނުން ހަނގުރާމައިގެ ތެރެއަށް ވަނީ ޔަމަން ސަރުކާރުގެ އެދުމަށެވެ.

އަހަރުތަކެއް ފަހުން ހަމަލާ މެދުކަނޑާލަން ދެ ފަރާތުން އެއްބަސްވީ އެޕްރީލް 2022 ގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވީ މިދިޔަ އޮކްޓޯބަރުގަ އެވެ. ދާއިމީ ސުލްހަ ގެނައުމަށް ހޫތީންނާއި، ސައުދީ އޮފިޝަލުން އަދި އޮމާންގެ މަންދޫބުން ދާދި ފަހުން ސަނާގައި ބައްދަލުކުރި އެވެ.

ރިޔާދަށް ކުރެއްވި ދަތުރުގައި އެމެރިކާގެ މަންދޫބު ސަލިވަން ވަނީ ޔޫއޭއީ އާއި އިންޑިއާގެ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވައިފަ އެވެ.