Advertisement

ޔާމީން ހުންނަވާ ޔުނިޓުގެ ހާލަތު ބައްލަވަން ހޯމް މިނިސްޓަރު ޖަލަށް ވަޑައިގެންފި

3 މޭ 2023 - 19:21 1

އިމްރާން އާއި މުހައްމަދު ފުޅު މިއަދު ޖަލުގައި: ޔާމީންއާ ބައްދަލު ކުރެއްވި ކަމަކަށް ނުބުނޭ -- ފޮޓޯ: ކަރެކްޝަންސް


ޔާމީން ހުންނަވާ ޔުނިޓުގެ ހާލަތު ބައްލަވަން ހޯމް މިނިސްޓަރު ޖަލަށް ވަޑައިގެންފި

3 މޭ 2023 - 19:21 1

ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް މާފުށީ ޖަލު މޮނީޓާ ކުރާ ކަމަށް އިދިކޮޅުން ބުނުމުން އެމަނިކުފާނު ހުންނަވާ ތަން ބެއްލެވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ޖަލަށް ވަޑައިގެންފި އެވެ.

ވެރިކަމުގައި ހުންނެވި އިރު ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ހަރަކާތްތައް އެމަނިކުފާނުގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް، ސީދާ ހޯމް މިނިސްޓަރު އިމްރާން މޮނީޓާ ކުރަމުންދާ ކަމަށް އިދިކޮޅުން ބުނީ ހޯމަ ދުވަހެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މިއަދު ބުނީ ހޯމް މިނިސްޓަރު އިމްރާނާއެކު ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވެސް ޖަލު ބެއްލެވުމަށް ވަޑައިގެންނެވި ކަމަށެވެ. އެ ދެ ބޭފުޅުން ވަޑައިގަތީ ރައީސް ޔާމީން ހުންނަވާ ޔުނިޓަށް ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ނަމަވެސް، އިމްރާން އާއި ކޮމިޝަނާ އޮފް ޕްރިޒަންސް ޖަލަށް ޒިޔާރަތް ކުރި ވަގުތު ޔާމީންއާ ބައްދަލު ކުރި ވާހަކައެއް ކަރެކްޝަންސްއަކުން ނުބުނެ އެވެ. އަދި ޔާމީން ހުންނަވާ ޔުނިޓުގެ ހާލަތު ބެއްލެވުމަށްފަހު ފާހަގަވި ކަންކަމެއް ވެސް އެ އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރެއްވީ ކެމެރާ ހަރުކޮށްގެން ޔާމީންގެ "ހުރިހާ ހަރަކާތެއް" މޯބައިލް ފޯން އެޕްލިކޭޝަނަކުން ސީދާ ހޯމް މިނިސްޓަރު ބައްލަވަމުން ގެންދަވާ ކަމަށެވެ.

"[އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން މައުލޫމާތު ލިބެނީ] ފާހާނާއަށް ދަންދެން ކެމެރާ އަޅަައިގެން، ގޭގައި އިނދެގެން ރައީސް ޔާމީނުގެ ހުރިހާ ހަރަކާތެއް ބެލޭގޮތަށް ހުރިހާ މޫވްމަންޓްސްއެއް ބެލޭގޮތަށް އިމްރާނު ރާވާފައި ހުރި ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.