30 އޭޕްރީލް 2023 - 07:22 0
ފާތިމަތު ސާޔާ އަހުމަދު
ޔަމަނު ކައިރީގައި އޮތް ޔޮޓެއް.
30 އޭޕްރީލް 2023 - 07:22 0
ދުބާއީ، ޔޫއޭއީ (އެޕްރީލް 29) - ޔަމަނު ކައިރީގައި އޮތް ޕްރައިވެޓް ޔޮޓެއްގެ ސެކިއުރިޓީ ގާޑުން ބަޑި ޖެހުމުން، ޔަމަނުގެ ކޯސްޓުގާޑުގެ މެމްބަރަކު މަރުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ އަމްބްރޭ ކުންފުނިން ބުނީ ބަޑި ޖެހީ ކުކް އައިލެންޑްސްގެ ދިދަ ނަގާފައިވާ ޔޮޓަކުން ކަމަށެވެ. އޮމާންގެ ސަލާލާ ބަނދަރުން ފުރައިގެން އެ ޔޮޓު ވަނީ ޔަމަނުގެ ކަނޑުގެ ސަރަހައްދަށެވެ.
އިނގިރޭސިވިލާތުގެ އިދާރާތަކުން ބުނީ އަދަންގެ ގަލްފުގައި ހުކުރު ދުވަހު ޔޮޓަށް އަަމާޒުކޮށް ބަޑި ޖެހި ކަމަށެވެ. ބަޑި ޖެހީ ތިން ބޯޓަކުން ކަމަށް ވެސް އިދާރާތަކުން ބުންޏެވެ.
އެހެން ނަމަވެސް، ފަހުން އެނގުނު ގޮތުގައި އެއީ ކޯސްޓުގާޑުގެ އުޅަނދުތަކެކެވެ. އެމްބާ ކުންފުނިން ބުނީ ޔޮޓުގެ ގާޑުން ބަޑި ޖެހީ ރައްދުގައި ކަމަށެވެ.
"ރިޕޯޓުތަކުން ޔަގީންވާ ގޮތުގަައި ޔަމަނުގެ ކޯސްޓުގާޑުގެ މެމްބަރަކު މަރުވެފައިވޭ،" އެމްބާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޔަމަނުގެ އޮފިޝަލުން ބުނީ ކޯސްޓުގާޑުން ޔޮޓާ ކައިރިވީ އޭގައި ގާނޫނާ ހިލާފަށް ހަތިޔާރު އުފުލާ ކަމަށް ލިބުނު ކުށް މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
މީގެ ކުރިން ޔަމަން ކައިރިން ހިނގާ މިފަދަ ހާދިސާތަކުގައި މުޅިން ވެސް ހިމެނެނީ ސޯމާލިއާގެ ކަނޑުފޭރޭ މީހުންނެވެ. އެކަމަކު ކަނޑުފޭރޭ މީހުންގެ ހަމަލާތައް މިހާރު ވަނީ ވަރަށް މަދުވެފަ އެވެ.
Comment