އެމެރިކާއިން ޔަމަނަށް ބޮން އަޅައި 53 މީހުން މަރާލައިފި

17 މާރިޗު 2025 - 08:51 0


އެމެރިކާއިން ޔަމަނަށް ބޮން އަޅައި 53 މީހުން މަރާލައިފި

17 މާރިޗު 2025 - 08:51 0

އެމެރިކާއިން ޔަމަނަށް ބޮންް އަޅައި 53 މީހުން މަރާލައިފި އެވެ.

ރަތް ކަނޑުން ދަތުރުކުރާ ބޯޓުފަހަރަށް ހަމަލާ ދެމުންދާތީ ޔަމަނުގައި ވެރިކަން ކުރާ ހޫތީންނާ ދެކޮޅަށް އެމެރިކާއިން ވަނީ ބޮން އެޅުމުގެ އާ ކެމްޕޭނެއް ފަށާފަ އެވެ. މި ހަމަލާތައް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސްކަމާ ޑޮނާލްޑް ޓްރަމްޕް ހަވާލުވީ އެއްވެސް ގައުމަކާއެކު ހަނގުރާމައަށް ނުދާނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް، ވެރިކަމާ ހަވާލުވިތާ ތިން މަސް ދުވަސް ނުވަނީސް އެ ގައުމުން މިވަނީ ބޮން އަޅަން ފަށާފަ އެވެ.

މި ހަމަލާތަކުގައި ހޫތީންގެ ވެރިންގެ ތެރެއިން ބަޔަކު މަރާލާފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. ނަމަވެސް، ހޫތީން އެކަމުގައި ބަހެއް ބުނެފައި ނުވެ އެވެ. ޔަމަނުގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކާއި ސައްނާ ކޮންޓްރޯލް ކުރަނީ ހޫތީންނެވެ.

މި ހަމަލާތަކަށް ރައްދު ދޭނެ ކަމަށް ހޫތީން ވަނީ ބުނެފަ އެވެ. އެގޮތުން، ރައް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އުޅަނދުތަކަށް މެދުކެނޑުމެއްނެތި ހަމަލާ ދޭނެ ކަމުގެ ޔަގީންކަން ހޫތީން ވަނީ ދީފަ އެވެ.