25 އޭޕްރީލް 2023 - 10:54 1
މުހައްމަދު ނަސީމް
އެފްކޮންސްގެ ޕެލެޓްފޯމް ވިލިމާލެ ފަރަށް އަރާފައި، އެ މައްސަލާގައި ކުރި ޖޫރިމަނާގެ ޓެކްނިކަލް ރިވިއުއެއް ހަދަން ސަރުކާރުން ވަނީ ނިންމާފައި. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު
25 އޭޕްރީލް 2023 - 10:54 1
ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލާގައި ކޮށްފައިވާ ޖޫރިމަނާގެ ޓެކްނިކަލް ރިވިއުއެއް ހަދަން ގާނޫނީ ލަފާ ލިބިފައިވާ ކަަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރި މައްސަލާގައި އީޕީއޭ އިން ކުރި ޖޫރިމަނާ އަލުން ބަލައިދޭން އެދި އެފްކޮންސް އިން މިނިސްޓަރަށް ހުށަހެޅި ކަމަށެވެ. އެ ކުންފުނިން އެގޮތަށް ހުށަހެޅުމުން އެ މައްސަލައިގެ ގާނޫނީ ރިވިއުއެއް ހަދާފައިވާ ކަމަށާއި އެ ރިވިއުއަށް ފަހު ލަފާ ދީފައި އޮތީ މިނިވަން ޓެކްނިކަލް ރިވިއުއެއް ހަދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ލީގަލް ރިވިއު އިން އަޅުގަނޑަށް ލަފާދީފައި ވަނީ އިންޑިޕެންޑެންޑެންޓް ރިވިއުއެއް ހެދުމަށް އިންޑިޕެންޑެންޓް ޓެކްނިކަލް ރިވިއުއެއް ހެދުމަށް. އެ މަރުހަލާގައި މިހާރު ވަނީ،" ޝައުނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭނާ ވިިދާޅުވި ގޮތުގައި އެފްކޮންސްގެ ޖޫރިމަނާ މާފުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ.
އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމުން ލިބުނު ގެއްލުންތައް ބެލުމަށް ފަހު އީޕީއޭއިން ވަނީ އެކުންފުނި 69.4 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިނިސްޓަރާ ކުރެއްވި ސުވާލުގައި އެއްސެވީ އެ ޖޫރިމަނާ ކުރިތާ އަށް މަސް ވެފައި ވާއިރު އެ ފައިސާ ހޯދަން މިނިސްޓްރީން އެއްވެސް މަސައްކަތެއް ކޮށްފައި ވޭތޯ އެވެ.
އެހެން ނަމަވެސް އެ ފަދަ މަސައްކަތެއް ކޮށްފައި ވާކަމަށް ނުވަތަ ނޫން ކަމަށް ވިދާޅު ނުވެ، މިނިސްޓަރު ވިދާޅުވީ އީޕީއޭއިން މިދިޔަ އަހަތަރު އަހަރުގެ ތެރޭގައި 40 މައްސަލައެއްގައި ކުރި ޖޫރިމަނާއަށް ވާ ފައިސާގެ އަދަދު 600 މިލިއަނަށް ވުރެ ގިނަ ކަމަށެވެ.
އޭގެ ތިން ބައިކުޅަ އެއްބައި ލިބިފައިވާ ކަމަށާއި އެއީ ތާރީހުގައި ވެސް ޖޫރިމަނާއިން ހޯދުނު އެންމެ ގިނަ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސަލީމާ
almost 2 years ago
ރިވިއު ހަދަނީ ކޮންކަމަކަށްތޯ؟ ފަރައް އެރިތޯ ބަލަންތޯ، ނޫނީ އީޕީއޭ އިން ޖޫރިމަނާ ކުރީމާ އެއަދަދު ނުދައްކަންވެގެންތޯ؟ އީޕީއޭ އިން ކުރާ ޖޫރިމަނާ އިންޑީއާ ކުންފުންޏަށް ކުޑަކޮށްދޭނަމަ އެހެން ހުރިހާ ފަރާތްތަކަށްވެސް ކުޑަކޮށްދޭންވާނެ އުސޫލުތައް މުގުރާލުމަށް މިނިސްޓްރީންވެސް ހިތްވަރުދީގެން ނުވާނެ ތި ޖޫރިމަނާ ނުދައްކައިފިނަމަ ޕްރޮޖްކްޓް ފައިސާއިން އުނިވެސް ކުރަންވާނެ
Comment