Advertisement

ޝާޒް ކ. ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާކުރައްވައިފި

24 އޭޕްރީލް 2023 - 10:50 0


ޝާޒް ކ. ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާކުރައްވައިފި

24 އޭޕްރީލް 2023 - 10:50 0

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އިބްރާހީމް ޝާޒް މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ޝާޒަށް ހުވާލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އައިޝަތު ސުޖޫން އެވެ. އޭނާ ހުވާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާޒިރުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މެމްބަރު ޝާޒަށާއި އެމްޑީޕީއަށް މަޖިލީހުގެ ރިޔާސަތުން ނަޝީދު މަރުހަބާ ވިދާޅުވި އެވެ.

"މިވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 34 އިއްޒަތްތެރި މެމްބަރުން، އެ 34 އިއްޒަތްތެރި މެމްބަރުންގެ ތެރޭގައި ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލަށް މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ. އިއްޒަތްތެރި މެމްބަރަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. އަދި އިއްޒަތްތެރި މެމްބަރުގެ ޕާޓީއަށް ވެސް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ޝާޒް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ 1346 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ހުސެއިން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 122 ވޯޓެވެ.