Advertisement

ފުވައްމުލަކަށް ގެންދަން ވެލި ނެގުން ހުއްޓުވައިދޭން ފަރެސްމާތޮޑާއިން އެދިއްޖެ

24 އޭޕްރީލް 2023 - 10:10 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


ފުވައްމުލަކަށް ގެންދަން ވެލި ނެގުން ހުއްޓުވައިދޭން ފަރެސްމާތޮޑާއިން އެދިއްޖެ

24 އޭޕްރީލް 2023 - 10:10 0

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ގދ. ފަރެސްމާތޮޑާ އާއި ގުޅިފައިވާ ހިސާބަކުން ވެލި ނަގާތީ ފަރެސްމާތޮޑާ ކައުންސިލުން އެކަން ކުށްވެރިކޮށްފި އެވެ.

ފަރެސްމާތޮޑާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް، ފަރެެސްމާތޮޑާ އާއި ގުޅިފައިވާ ހިސާބަކުން ވެލި ނަގަނީ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ވެސް ނެތި ކަމަށެވެ. އީޕީއޭގެ ގަވާއިދާ ހިލާފަށް ކުރާ އެކަންތައް ހުއްޓައިލަން ގޮވައިލާ ކަަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...އަދި ހަމަ މިއާ އެކު މިހާރުން މިހާރަށް މިކަން ހުއްޓުވައިދިނުމަށް ކަމާ ގުޅުން ހުރި އެންމެހައި ފަރާތްތަކަށް ދަންނަވަން،" ފަރެސްމާތޮޑާ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން ފަރެސްމާތޮޑާގައި ހަދަން އުޅޭ ފުޓުބޯޅަ ދަނޑަކަށް ބޭނުންވާ ވެލި ވެސް އެރަށާ ގުޅިފައިވާ ސަރަހައްދުން ވެލި ނުލިބިގެން ވަނީ ކުރިއަށް ނުގެންދެވި އެވެ. އެރަށުގެ ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ވެސް ނަގަން ހަމަޖެހިފައި ވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

"ފަރެސްމާތޮޑާގެ ދެކުނު ފަރާތް ހިއްކުމަށް ޓަކައި ބޭނުންވާ ފަސް ނެގުމަށް ސާވޭގައި ހިމަނާފައި ވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ވީ ހިނދު ޏ.ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބޭނުންކުރުމަށް ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުން ކޮނެގެން 45،000 ކޮޑިމީޓަރުގެ ވެލި، ޏ.ފުވައްމުލަކަށް ގެންދާ ގެންދއުމަކިީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރައްވާ ކަމެއް ކަމުގައި ފަރެސްމާތޮޑާ ކައުންސިލުން ދެކެން،" ފަރެސްމާތޮޑާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.