Advertisement

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ 9 މިލިއަން

22 އޭޕްރީލް 2023 - 06:59 0

ފިތުރު ޒަކާތް ދެއްކުމަށް ގޮސް ތިބި ބަޔަކު އިސްލާމީ މަރުކަޒުގެ ހޯލުގައި. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ 9 މިލިއަން

22 އޭޕްރީލް 2023 - 06:59 0

ނިމިގެން މިދިޔަ ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް ނުވަ މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކާ ހަމައަށް 175،485 މީހުން އިސްލާމިކް މިނިސްޓްރީއަށް ޒަކާތް ދެއްކި އެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނަނީ ކައުންސިލް އިދާރާއަށެވެ.

ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އާއި ގޮވާން ބުރާސްފަތި ދުވަހު ވަނީ ބަހައިފަ އެވެ. އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މާލޭ ސިޓީގައި އުޅޭ 1736 މީހުންނަށް، ބޮލަކަށް 3،450ރ. ރޭޓުން ޖުމުލަ 5.98 މިލިއަން ރުފިޔާ ވަނީ އެ ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފަ އެވެ. އަދި ލިބުނު 12،989.3 ކިލޯގެ ގޮވާން ވެސް ވަނީ ބަހައި ނިންމައިފަ އެވެ.

މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީ އަށް 159,290 މީހުން 7.1 މިލިއަން ރުފިޔާ ދެއްކި އެވެ. މިދިޔަ އަހަރު 3938 މީހުން ގޮވާމުން ނެރުނު ޒަކާތުގެ މިންވަރަކީ 1187.85 ކިލޯ އެވެ.

ފިތުރު ޒަކާތުގެ ނިސޯބު


އާދައިގެ ހަނޑޫ: 12ރ ތައިލެންޑު ހުދު ހަނޑޫ: 77ރ ރަތް ހަނޑޫ: 72ރ އާދައިގެ ބާސްމަތީ ހަނޑޫ: 77ރ މޮޅު ބަސްމަތީ ހަނޑޫ: 90ރ އެންމެ މޮޅު ބާސްމަތީ: 132ރ އާދައިގެ ފުށް: 12ރ އާޓާ ފުށް: 75ރ