Advertisement

އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުން މިއަދުގެ އިރުއޮއްސި 6:00 އަށް ހަމަވާނެ

20 އޭޕްރީލް 2023 - 11:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ ސިޓީގައި ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުން މިއަދުގެ އިރުއޮއްސި 6:00 އަށް ހަމަވާނެ

20 އޭޕްރީލް 2023 - 11:31 0

މި އަހަރުގެ ފިތުރު ޒަކާތް ދެއްކުމަށް އޮންލައިން ޕޯޓަލްތައް ބޭނުންކުރާ ފަރާތްތަކަށް ޒަކާތް ދެއްކުމުގެ މުއްދަތު މިއަދު އިރުއޮއްސި 6:00 އަށް ހަމަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފި އެވެ.

އެ މިނިސްޓްރީއިން ބުނެފައިވަނީ މިހާރު އޮންލައިންކޮށް ޒަކާތް ދެއްކޭނީ ހަމައެކަނި ބަނޑޭރިޕޭ އިން ކަމަށެވެ. ރޯދަ މަސް ފެށިގެން ގިނަ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޒަކާތް ބަލައިގަތް ނަމަވެސް ރޯދަ މަހުގެ 27 ގައި އެ ޕޯޓަލްތަކުން ޒަކާތް ބަަލައިގަތުން ވަނީ ހުއްޓާލާފަ އެވެ.

މީގެއިތުރުން، ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން ރޯދަ މަހުގެ ފަހު ދުވަހުގެ ހަވީރު 5:30 އާ ހަމައަށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި، އަދި ގޮވާމުން ޒަކާތް ބަލައިގަތުން މިރޭ 10:39 އާ ހަމައަށް މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގައި ކުރިއަށްދާނެ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ގޮވާމުގެ ގޮތުގައި ލިބިފައިވާ ޒަކާތް މިހާރު ވަނީ ބަހަން ފަށާފަ އެވެ. އެގޮތުން އިއްޔެ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ޒަކާތް ބަހަން ފަށާފައިވެ އެވެ.

މި އަހަރުގެ ފިތުރު އީދު ކަނޑައެޅުމަށް، ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މިރޭ 8:45 ގައި އޮންނާނެ އެވެ.

މި އަހަރުގެ ރޯދަމަހުގައި 29 ދުވަސް އޮންނަ ކަމަށް ކަލަންޑަރު ބުނާއިރު ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުވެސް ވަނީ މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ބުރާސްފަތި ދުވަހުގެ ރޭ ފެންނާނެ ކަމަށާއި މި އަހަރުގެ ފިތުރު އީދަކީ އަންނަ ހުކުރު ކަމަށް ވިދާޅުވެފަ އެވެ.