ރަމަޟާން ކްރިކެޓް ކާނިވަލް: ކޮމްޕެނީ މުބާރާތުގެ ޗެމްޕިއަންކަން ފަތަހަ ސްޓާސް ހޯދައިފި

20 އޭޕްރީލް 2023 - 00:55 0

ކޮމްޕެނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަތަހަ ސްޓާސްގެ ކުޅުންތެރިން ޓްރޮފީ އާއި ކްރިކެޓް ބޯޑްގެ އިސް ފަރާތްތަކާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް


ރަމަޟާން ކްރިކެޓް ކާނިވަލް: ކޮމްޕެނީ މުބާރާތުގެ ޗެމްޕިއަންކަން ފަތަހަ ސްޓާސް ހޯދައިފި

20 އޭޕްރީލް 2023 - 00:55 0

ފައިނަލުގައި ވަރަކަޕޯލާ ބަލިކޮށް ރަމަޟާން ކްރިކެޓް ކާނިވަލްގެ ކޮންޕެނީ މުބާރާތުގެ ޗެމްޕިއަންކަން ފަތަހަ ސްޓާސް ހޯދައިފި އެވެ.

އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތުގެ ފައިނަލް މެޗު ފަތަހަ އިން ކާމިޔާބުކުރީ 33 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ވަރަކަޕޯލާ އިން ނިންމީ ފުރަތަމަ އުކަން އަރާށެވެ. ފަތަހަ ކުޅެން އަރައި އަށް އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން 144 ލަނޑު ހެދި އެވެ. އެއީ އޯވަރަކަށް 18 ލަނޑެވެ. މި އިނިންގްސްގައި ފަތަހަ އިން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 16 ބޯޅައިން 56 ލަނޑު ހަދައި ހާފް ސެންޗަރީ ހެދި ސައިދުލް އިސްލާމް އެވެ. އެޓީމްގެ މެހެދީ ހަސަން 13 ބޯޅައިން 25 ލަނޑު ހެދި އެވެ.

ވަރަކަޕޯލާ ޓީމުން އެންމެ ރަނގަޅަށް އުކީ ލަހިރު މިހިރާން އާއި ޗަންދަނަ އަމަރަވިކްރަމަ އެވެ. ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓު ނެގި އެވެ.

ވަރަކަޕޯލާއިން ކުޅެން އަރާ އަށް އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 37 ލަނޑު ހެދި މުހައްމަދު ޝިޔާމް އާއި ނުބައިނުވެ 10 ބޯޅައިން 24 ލަނޑު ހެދި ޝަނަކަވަރާ އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދައި އެންމެ މޮޅު ބެޓްސްމަންގެ މަގާމް ހޯދީ ފަތަހަ ޓީމްގެ ސައިދުލް އިސްލާމް އެވެ. އޭނާ ވަނީ މުބާރާތުގައި ފަތަހަ ކުޅުނު ފަސް މެޗުގައި 167 ލަނޑުހަދާފަ އެވެ.

ޖުމްލަ އެކު، 879 ޕޮއިންޓާ އެކު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ސައިދުލް އެވެ. އެންމެ މޮޅު އުކުންތެރިޔަކީ ފަސް މެޗުގައި ހަތް ވިކެޓު ނެގި ސަތީޝް ސުންދަރާޖް އެވެ.

މި އަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލް ފެށީ އޯޕަން ޓޭޕްބޯޅަ މުބާރާތުންނެވެ. އެމްއޭސީއެލް ބަލިކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެއާޕޯޓް ރެކްރިއޭޝަން ކުލަބު (އާކް) އިންނެވެ. ދެ ވަނަ މުބާރާތް ކަމަށްވާ ސަރުކާރު އޮފީސްތަކުގެ މުބާރާތް ކާމިޔާބުކުރީ ޕޮލިސް ކުލަބެވެ. އެ ޓީމުން ވަނީ ފައިނަލުގައި ކަސްޓަމްސް ބަލިކޮށްފަ އެވެ.

ރަމަޟާން ކްރިކެޓް ކާނިވަލަކީ ކޮންމެ ރޯދަމަހަކު ވެސް ފޯރީގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގެ ވަނަތަކަށް އައި ޓީމްތަކަށް ބައިލައްކައެއްހާ ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފަ އެވެ.