ރަމަޟާން ކްރިކެޓް ކާނިވަލް: ފަތަހަ ސްޓާސް އާއި ވަރަކަޕޯލާ ކޮމްޕެނީ މުބާރާތުގެ ފައިނަލަށް

19 އޭޕްރީލް 2023 - 07:54 0

ރަމަޟާން ކްރިކެޓް ކާނިވަލްގެ ކޮމްޕެނީ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު


ރަމަޟާން ކްރިކެޓް ކާނިވަލް: ފަތަހަ ސްޓާސް އާއި ވަރަކަޕޯލާ ކޮމްޕެނީ މުބާރާތުގެ ފައިނަލަށް

19 އޭޕްރީލް 2023 - 07:54 0

މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލްގައި އަމިއްލަ ކުންފުނިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ކޮމްޕެނީ ޓޭޕް ބޯޅަ މުބާރާތުގެ ފައިނަލުން ފަތަހަ ސްޓާސް އާއި ވަރަކަޕޯލާ ޖާގަ ހޯދައިފި އެވެ.

މި އަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލްގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ މުބާރާތުގެ ފައިނަލުން ފަތަހަ ސްޓާސް ޖާގަ ހޯދީ ސެމީ ފައިނަލުގައި ވާމިލަން ބަލިކޮށްގެންނެވެ. ވަރަކަޕޯލާ ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި އަހިނަޝަކަ ބަލިކޮށްގެންނެވެ.

ސެމީ ފައިނަލު ފުރަތަމަ މެޗުގައި ވާމިލަން އަތުން ފަތަހަ ސްޓާސް މޮޅުވީ ހަ ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ފަތަހަ އިން ނިންމީ ފުރަތަމަ އުކަން އަރާށެވެ.

ވާމިލަން ކުޅެން އަރައި އަށް އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 89 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 43 ލަނޑު ހެދި އަރުލް ޕަރާގު އެވެ.

މި އިނިންގްސްގައި ފަަތަހަ ސްޓާސްގެ ސައިދުލް އިސްލާމް ދެ އޯވަރުގައި 24 ލަނޑަށް ތިން ވިކެޓު ނެގި އެވެ.

ޖަވާބުގައި ފަތަހަ އިން ކުޅެން އަރައި ހަ ވަނަ އޯވަރުގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 91 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 36 ލަނޑު ހެދި ސައިދުލް އިސްލާމް އާއި 9 ބޯޅައިން 25 ލަނޑު ހެދި މުހައްމަދު ސުހެލް މިއާ އެވެ.

ސެމީ ފައިނަލް ދެ ވަނަ މެޗުގައި އަހިންޝަކަ އާއި ވާދަކޮށް ވަރަކަޕޯލާ މެޗު ކާމިޔާބުކުރީ ފަސް ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ވަރަކަޕޯލާ އިން ނިންމީ ފުރަތަމަ އުކަން އަރާށެވެ.

ވަރަކަޕޯލާއިން ކުޅެން އަރައި އަށް އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އަށް ބޯޅައިން 19 ލަނޑު ހެދި ތަރަކަ ރުވާން އާއި 10 ބޯޅައިން 19 ލަނޑު ހެދި ތަރަކަ މަދުމަލް އެވެ.

ޖަވާބުގައި ވަރަކަޕޯލާ ކުޅެން އަރައި ހަ ވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. ވަރަކަޕޯލާ އިން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 34 ލަނޑު ހެދި ޗަންދަންއަމަރަވިކްރަމަ އަދި 12 ބޯޅައިން 34 ލަނޑު ހެދި މުހައްމަދު ޝިޔާމް އެވެ.

ފަތަހަ ސްޓާސް އާއި ވަރަކަޕޯލާ ކުޅޭ ފައިނަލް މެޗު ކުޅޭނީ މިއަދު ހަވީރު އެވެ.