Advertisement

ޝައްވާލުމަހުގެ ހަނދު ސާބިތުކުރާ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަނީ

18 އޭޕްރީލް 2023 - 21:50 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވުނު ޖަލްސާގެ ތެރެއިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ޝައްވާލުމަހުގެ ހަނދު ސާބިތުކުރާ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަނީ

18 އޭޕްރީލް 2023 - 21:50 0

މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފި އެވެ.

އެ މިނިސްޓްރީއިން މިއަދު ބުނީ މި މަހު 20 ގެ ރޭ ބާއްވާ އެ ޖަލްސާ އޮންނާނީ ރޭގަނޑު 08:45 ގައި ކަމަށެވެ. އަދި މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން ޓީވީ، ރޭޑިއޯ އަދި އެ މިނިސްޓްރީގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އޭގެ އިތުރުން ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ހަނދު ބެލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ރަށަކުން ހަނދު ފެނިއްޖެ ނަމަ ހެކިބަސް ދޭނީ އެ ރަށެއްގެ ކޯޓަށެވެ. އަދި ރާއްޖެއިން ބޭރުން ދިވެއްސަކަށް ހަނދު ފެނިއްޖެނަމަ ފޮރިން މިނިސްޓްރީއަށް އެކަން އެންގުމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ އެދިފަ އެވެ.

މި އަހަރުގެ ރޯދަމަހުގައި 29 ދުވަސް އޮންނަ ކަމަށް ކަލަންޑަރު ބުނާއިރު ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުވެސް ވަނީ މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ބުރާސްފަތި ދުވަހުގެ ރޭ ފެންނާނެ ކަމަށާއި ފަލަކީ ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ފިތުރު އީދަކީ އަންނަ ހުކުރު ކަމަށް ވިދާޅުވެފަ އެވެ.