18 އޭޕްރީލް 2023 - 08:03 0
ރައްޔާން މުހައްމަދު
ސެމްސަންގުން ދަނީ ހެލްތު ޓްރެކިން ވެއަބަލްސްގެ ދުނިޔެއަށް އިންގިލާބެއް ގެނެސްދޭނެ ސްމާޓް އަނގޮޓިއެއް އުފައްދަމުން. -- ފޮޓޯ: ސެމްމޯބައިލް
18 އޭޕްރީލް 2023 - 08:03 0
ރިޕޯޓްތައް ބުނާ ގޮތުގައި ދެކުނު ކޮރެއާގެ އިލެކްޓްރޯނިކްސް ކުންފުނި ސެމްސަންގުން ދަނީ ހެލްތު ޓްރެކިން ވެއަބަލްސްގެ ދުނިޔެއަށް އިންގިލާބެއް ގެނެސްދޭނެ ސްމާޓް އަނގޮޓިއެއް އުފައްދަމުންނެވެ.
ގެލެކްސީ ރިންގް ގެ ނަމުން ނަންދީފައިވާ މި ސްމާޓް އަނގޮޓީގައި ހިތުގެ ހަރަކާތްތަކާއި ސިއްހަތު ޓްރެކް ކުރުމަށް ހާޓް ރޭޓް ސެންސަރާއި އިލެކްޓްރޯކާޑިއޯގްރާމް (އީސީޖީ) އެއް ހިމެނޭ ކަމަށް ބުނެވެ އެވެ. ދެކުނު ކޮރެއާގެ ރިޕޯޓްތައް ބުނާ ގޮތުގައި ގެލެކްސީ ރިންގްގެ އެކިއުރެސީ މިހާރު ހުރި ގެލެކްސީ ވޮޗަށް ވުރެ ވެސް މާ ސީދަލެވެ. ސަބަބަކީ އޭގެ ސެންސަރުތައް އިނގިލީގެ ހުރިހާ ފަރަތާކަށް ފޯރކަމެވެ. އަދި މިކަމުގެ ސަބަބުން މި އަނގޮޓިއަކީ ފުރިހަމަ ހެލްތު ޓްރެކަރެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ.
ސެމްސަންގުން ގެލެކްސީ ރިންގް ނަމުގެ ޓްރޭޑްމާކެއް ކޮރެއާ އިންޓެލެކްޗުއަލް ޕްރޮޕަޓީ އިންފޮމޭޝަން ސާޗް (ކިޕްރިސް) އަށް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ހުށަހަޅާފައި އެވެ. މިއީ މިއަހަރުތެރޭ މި އަނގޮޓި ބާޒާރަށް ނެރޭނެކަމުގެ ކަމުގެ އިޝާރާތެކެވެ. އަނގޮޓި ނެރުމަށް އަދި ވަކި ތާރީހެއް ނެތް ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ހުރި ގެލެކްސީ ވޮޗްތައް ވިއްކުމަށް ތަންދިނުމުގެ ގޮތުން، ސެމްސަންގުން ސްމާޓް އަނގޮޓި ނެރެން ވަގުތުކޮޅެއް ނަގާފާނެ އެވެ.
ސްމާޓް ރިންގްސް އަކީ ވެއަބަލް މާކެޓުގައި ނިސްބަތުން އާ ކޮންސެޕްޓެކެވެ. ސްކްރީން ވެސް ނެތް ކަމުން ސްމާޓްވޮޗް ފަދަ އެހެން ވެއަބަލްސް އަށް ވުރެ މިއީ ލޮލަށް ފަރުދާވާނެ އެއްޗެކެކެވެ. ނަތީޖާއެއްގެ ގޮތުން ސެމްސަންގް އާއި އެޕަލް ފަދަ އެހެން ޓެކް ޖަޔަންޓް ކުންފުނިތަކުން ލަގްޒަރީ ފެޝަން ބްރޭންޑްތަކާ ގުޅިގެން ޕްރިމިއަމް ކަސްޓަމަރުންނަށް އަގުބޮޑު ވަރޝަންތައް ވިއްކުމުގެ ފުރުސަތު ބޮޑުވެ އެވެ.
ގެލެކްސީ ރިންގްގެ އިތުރުން ސެމްސަންގުން ވަނީ ގެލެކްސީ ގްލާސް ޖޯޑަކަށް އާ ދެ ޓްރޭޑްމާކް އެޕްލިކޭޝަން ވެސް ހުށަހަޅާފަ އެވެ. ގެލެކްސީ ގްލާސް ގައި ބިލްޓް-އިން ސްމާޓްފޯން ފަދަ ކެޕޭސިޓީތަކާއި ހެޑްފޯންތައް ހުރުމާއި، ސްޓެންޑަލޯން ވާޗުއަލް އަދި އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާތައް ފޯރުކޮށްދޭނެ ކަމަށް ލަފާކުރެ އެވެ.
ގެލެކްސީ ރިންގް އާއި ގެލެކްސީ ގްލާސަސް އުފެދުމުން، ސެމްސަންގުން ސްމާޓްވޮޗާއި ވައިލެސް އިއާބަޑްސް އަށް ވުރެ ސްމާޓް ވެއަރބަލް ޑިވައިސްތަކުގެ ރޭންޖް ފުޅާކުރުމަށް ޝައުގުވެރިކަން އިތުރުވަމުންދާކަން ހާމަވެގެންދެއެވެ.
Comment