Advertisement

އާބަންކޯ އެޕްރެންޓިސްޝިޕް ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު 100 ފަރާތަކަށް

16 އޭޕްރީލް 2023 - 16:32 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި ހުންނަ އާބަންކޯ އިމާރާތް -- ފޮޓޯ: އަދަދު


އާބަންކޯ އެޕްރެންޓިސްޝިޕް ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު 100 ފަރާތަކަށް

16 އޭޕްރީލް 2023 - 16:32 0

އާބަންކޯ އެޕްރެންޓިސްޝިޕު ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ މިއަހަރުގެ އެޕްރެންޓިސްޝިޕު ޕުރޮގުރާމުގައި ބާރަ ދާއިރާއަކުން 100 މީހުން ތަމްރީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ:

  • ގާޑަނިން
  • ރެފްރިޖެރޭޝަން އެންޑު އެއާ ކޮންޑިޝަނިން މެކޭނިކް
  • އިންވެންޓަރީ މެނޭޖުމަންޓު
  • ކޮންޕިއުޓާ ހާޑުވެއާ އެންޑު ނެޓްވޯކިން
  • ހައުސް ކީޕިން
  • ލޯންޑުރީ އޮޕަރޭޝަންސް
  • ފުރަންޓު އޮފީސް ސާވިސަސް
  • ހެވީ ވެހިކަލް އޮޕަރޭޝަންސް
  • ކޮންސްޓުރަކްޝަން ސައިޓު ސުޕަވިޜަން
  • ހެލްތު އެންޑު ސޭފްޓީ އިން ކޮންސްޓުރަކްޝަން
  • ޕެއިންޓިން އެންޑު ޑެކަރޭޝަންސް
  • ވެލްޑިން ޓެކްނިކްސް

އެ ޕުރޮގުރާމުގައި ބައިވެރިވުމުގެ ޝަރުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ ލެވެލްގެ ދޭއްގެ ފާހެއް އޮތުން ނުވަތަ ގުރޭޑު 10އެއް ނިންމާފައި ވުމާއި އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ޒުވާނަކަށް ވުމެވެ. ނަމަވެސް ހެވީ ވެހިކަލް އޮޕަރޭޝަންސްގެ އެޕްރެންޓިސްއެއްގެ ގޮތުގައި ބައިވެރި ވެވޭނީ އެންމެ ހަގުވެގެން 18 އަހަރު ވެފައިވާ ފަރާތްތަކަށެވެ.

އާބަންކޯގެ އެޕްރެންޓިސްޝިޕް ޕުރޮގުރާމަކީ ވަޒީފާ ނެތް ފަރާތްތަކާއި ޕާޓުޓައިމް ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށް ހިންގާ ޕުރޮގުރާމެކެވެ. އެހެން ނަމަވެސް އެ ޕުރޮގުރާމުގައި ބައިވެރިވާން އެދި ހުށަހަޅާ ފަރާތްތަކަކީ ހަފުތާއަކު 20 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ ފަރާތަކަށް ވެގެން ނުވާނެ އެވެ.

ގޫގުލް ފޯމެއް ފުރާލައިގެން އެ ޕުރޮގުރާމުގައި ބައިވެރި ވެވޭނެ އެވެ. ބައިވެރިވުމަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހު، 14، ގެ މެންދުރު 2:00 އެވެ.

އާބަންކޯ އެޕްރެންޓިސްޝިޕް ޕުރޮގުރާމަކީ އެ ކުންފުނީގެ އިޖުތިމާއީ އާންމު ޒިންމާގެ ދަށުން ހިންގާ އެންމެ މުހިންމު އެއް ޕުރޮގުރާމެވެ. އެ ޕުރޮގުރާމުގެ މަގުސަދަކީ މަސައްކަތުގެ މާހައުލަށް އަހުލުވެރި، އަމިއްލަ ނަފުސުގެ މައްޗަށް އިތުބާރު ކުރާ، އަހުލާގު ރަނގަޅު ޒުވާނުންތަކެއް ވަޒީފާގެ މާހައުލަށް ނެރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.