Advertisement

ކުވެއިތުގައި އޭއައި ބޭނުންކޮށްގެން ވާޗުއަލް ޕްރެޒެންޓަރެއް އުފައްދައިފި

12 އޭޕްރީލް 2023 - 09:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވާޗުއަލް ޕްރެޒެންޓަރަށް ދީފައިވާ ނަމަކީ ފެދާ. -- ފޮޓޯ: އޭއެފްޕީ


ކުވެއިތުގައި އޭއައި ބޭނުންކޮށްގެން ވާޗުއަލް ޕްރެޒެންޓަރެއް އުފައްދައިފި

12 އޭޕްރީލް 2023 - 09:01 0

ކުވެއިތުގެ މީޑިއާއަކުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވާޗުއަލް ނިއުސް ޕްރެޒެންޓަރެއް އުފައްދައިފި އެވެ.

"ފެދާ"ގެ ނަން ދީފައިވާ ޕްރެޒެންޓަރު އާއްމުކޮށް ދައްކާނީ ކުވެއިތު ނިއުސްގެ ޓްވިޓާއިންނެވެ. އެ ނޫހުގެ ޑެޕިއުޓީ އެޑިޓާ އިން ޗީފް އަބްދުﷲ ބޮފްތައިން ވިދާޅުވީ އޭއައި ބޭނުންކޮށްގެން އާ ކޮންޓެންޓު ނެރެވޭނެ ގޮތްތައް ޓެސްޓު ކުރަމުންދާ ކަމަށެވެ.

ކުވެއިތު މީހުންގެ ރާގަށް އަރަބި ބަހުން ވާހަކަ ދައްކަން ތައްޔާރުކޮށްފައިވާ ފެދާ ބޭނުންކުރެވޭނީ އޮންލައިން ނިއުސް ބުލެޓިންތައް ހުށަހެޅުމަށެވެ.

މީގެ ކުރިން ޗައިނާގެ ދައުލަތުގެ ނިއުސް އެޖެންސީއިން ވެސް ވަނީ އޭއައި މެދުވެރިކޮށް ނިއުސް ޕްރެޒެންޓަރެއް އުފައްދައިފަ އެވެ.

މިދިޔަ މަހު އިންވެސްޓްމަންޓް ބޭންކް ގޯލްޑްމަން ސެކްސްއިން ނެރުނު ރިޕޯޓެއްގައި ބުނީ އޭއައި ތަރައްގީވަމުން ގޮސް 300 މިލިއަން މީހުންގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.