Advertisement

މިޔަންމާ ސިފައިންގެ ވައިގެ ހަމަލާއެއްގައި 53 މީހުން މަރުވެއްޖެ

11 އޭޕްރީލް 2023 - 21:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިޔަންމާގެ ވައިގެ ސަރަހައްދުން ހެލިކޮޕްޓަރެއް ދަތުރު ކުރަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


މިޔަންމާ ސިފައިންގެ ވައިގެ ހަމަލާއެއްގައި 53 މީހުން މަރުވެއްޖެ

11 އޭޕްރީލް 2023 - 21:43 0

މިޔަންމާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގެ ތެރެއިން ސިފައިން ދިން ވައިގެ ހަމަލާއެއްގައި 53 މީހުން މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި 15 އަންހެނުން ހިމެނެ އެވެ. ހަމަލާ އަމާޒު ކުރީ ހުޅަނގު އުތުރު ސަގައިންގް ސަރަހައްދުގެ އަވަށަކަށެވެ.

މިޔަންމާގައި ދާހިލީ ހަނގުރާމަ ކުރަމުން ދަނީ ފެބްރުއަރީ 2021 ގައި އަސްކަރީ ބަގާވާތް ކުރުމުންނެވެ. އަސްކަރީ ސަރުކާރާ ދެކޮޅު ގްރޫޕްތަކުން ހަރަކާތްތެރި ވަނީ ޕީޕަލްސް ޑިފެންސް ފޯސްގެ ނަމުގަ އެވެ.

އަސްކަރީ ބަގާވާތާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ސަގައިންގް ސަރަހައްދުގައި އުޅޭ މީހުންނެވެ.

ހަމަލާ އަމާޒު ކުރި އަވަށުގެ މީހަކު ބުނި ގޮތުގައި ބޮން ވައްޓާލީ ސިފައިންގެ ޖެޓަކުން އަންގާރަ ދުވަހުގެ ހެނދުނު އެވެ. އޭގެ ފަހުން ހެލިކޮޕްޓަރެއް އައިސް، 20 މިނެޓު ވަންދެން ބަޑިން ހަމަލާދިނެވެ.

މިޔަންމާގެ ދާހިލީ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު، 1.4 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެ އެވެ.