Advertisement

މެލޭޝިއާގެ ބަޓިކް އެއާގެ ފުރަތަމަ ފްލައިޓު ޖޫން 23 ގައި، އެއްކޮޅު ޓިކެޓުގެ އަގަކީ 2،500 ރުފިޔާ

10 އޭޕްރީލް 2023 - 11:38 0


މެލޭޝިއާގެ ބަޓިކް އެއާގެ ފުރަތަމަ ފްލައިޓު ޖޫން 23 ގައި، އެއްކޮޅު ޓިކެޓުގެ އަގަކީ 2،500 ރުފިޔާ

10 އޭޕްރީލް 2023 - 11:38 0

ދުނިޔޭގެ 52 މަންޒިލަކަށް މިހާރު ވެސް ދަތުރު ކުރަމުންދާ މެލޭޝިއާގެ "ބަޓިކް އެއާ" އިން ރާއްޖެއަށް ބާއްވާ އެންމެ ފުރަތަމަ ދަތުރު އަންނަ ޖޫން 23 ގައި ބާއްވަން ޝެޑިއުލްކޮށް ޓިކެޓުގެ އަގުތައް އާންމުކޮށްފި އެވެ.

ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ އެއްކޮޅު ދަތުރުގެ އަގެއްގެ ގޮތުގައި އެ އެއާލައިނުން ކަނޑައަޅާފައި ވަނީ 699 ރިންގިޓު ނުވަތަ ގާތްގަނޑަކަށް 2،500ރ. އެވެ.

މި ދަތުރުތައް ކުރުމުގައި ބަޓިކް އެއާއިން ބޭނުން ކުރާނީ އެމެރިކާގެ ބޮއިން ކުންފުނިން އުފައްދާ 737މެކްސް މަރުކާގެ ބޯޓެވެ. އެއީ 180 ފަސިންޖަރުން އުފުލޭނެ ބޯޓެކެވެ.

މާލެ އާއި ކުއަލަލަމްޕޫރާ ދެމެދު ކުރާ ޑައިރެކްޓު ދަތުރުގެ އިތުރުން ސްރީލަންކާގެ ކޮލޮމްބޯގައި ޓްރާންސިޓު ކުރުމަށް ފަހު ރާއްޖެ އަންނަ ދަތުރެއް ވެސް އެ އެއާލައިނުން ބާއްވާނެ އެވެ. މި ރޫޓޫގައި ކޮންމެ ދުވަހަކު ވެސް އެ އެއާލައިނުން ދަތުރު ކުރާނެ އެވެ.

ބަޓިކް އެއާގެ އިތުރުން ސައުދީގެ ބަޖެޓު އެއާލައިނަކުން ވެސް ރާއްޖެއަށް ދަތުރުތައް ފަށަން ވަނީ ނިންމާފަ އެވެ. މެލޭޝިއާ އަދި މެދުއިރުމައްޗަކީ ދިވެހިންގ މެދުގައި ދަތުރު ކުރުމަށް އެންމެ މަގުބޫލު މަންޒިލްތަކެވެ.