Advertisement

އާބަންކޯގެ ރޯދަ ވީއްލުން މިފަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނަށް

9 އޭޕްރީލް 2023 - 11:05 0

ނިމާ ހަސަން

ނިމާ ހަސަން

އާބަންކޯ އިން އިއްޔެ އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ދިން ރޯދަ ވީއްލުމުގެ ތެރެއިން -- ފޮޓޯ: އާބަންކޯ


އާބަންކޯގެ ރޯދަ ވީއްލުން މިފަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނަށް

9 އޭޕްރީލް 2023 - 11:05 0

އާބަންކޯ (އެޗްޑީސީ) އިން ކޮންމެ އަހަރަކުވެސް ދޭ ކޮމިއުނިޓީ ރޯދަ ވީއްލުން، މިފަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ދީފި އެވެ.

އޯޓިޒަމް ސެންޓަރުގެ ކުދިންނާއި، އެ ކުދިންގެ ބެލެނިވެރިން އަދި އެތަނުގެ މުވައްޒަފުންނަށް ދައުވަތު ދީގެން އާބަންކޯއިން ރޯދަ ވީއްލުން ދީފައި ވަނީ އިއްޔެ އެވެ. އެ ރޯދަ ވީއްލުން ބޭއްވީ، ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

އޯޓިޒަމް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ 192 ކުދިންނާއި، އެ ކުދިންގެ ބެލެނިވެރިންގެ އިތުރުން ރޯދަ ވީއްލުމަށް ދައުވަތު ދިނީ އޯޓިޒަމް ސެންޓަރުގެ 40 މުވައްޒަފުންނަށެވެ.

ސެންޓްރަލް ޕާކުގައި ބޭއްވި އެ ރޯދަ ވީއްލުމުގެ ތެރޭގައި، އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ހާއްސަކޮށް ރޯބޯމޭންގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

އާބަންކޯއިން ބުނީ މިއަހަރުގެ ރޯދަ ވީއްލުން އޯޓިޒަމް ސެންޓަރަށް ހާއްސަކުރީ، މި ހިނގާ އޭޕްރީލް މަހަކީ ބައިނަލްއަގްވާމީ އޯޓިޒަމް އެވެއާނަސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަހަށް ވާތީ އެވެ. އެހެންކަމުން މި ރޯދަވީއްލުމަކީ، އޯޓިޒަމް އެވެއާނަސް މަސް ފާހަގަ ކުރުމަށް އެ ކުންފުނީގެ ފަރާތުން ބާއްވާ ހަރަކާތް ކަމަށް ވެސް އާބަންކޯއިން ބުނެ އެވެ.

އޯޓިޒަމަކީ ކުއްޖާ އުފެދުމުގައި ހުންނަ ނިއުރޮލޮޖިކަލް ޑިސްއޯޑާ އެކެވެ. މީގެ ސަބަބުން ކުއްޖާގެ ސިކުނޑި މަސައްކަތް ކުރާގޮތް ތަފާތުވާނެ އެވެ. އެކި މީހުން ނުވަތަ ކުދިންގެ ކިބައިން އޯޓިޒަމްގެ އަލާމާތްތައް ފެންނަ މިންވަރު ތަފާތުވުމާއެކު އޯޓިޒަމާފަދަ ތަފާތު ޑިސްއޯޑާތަކާ އެއްކޮށް މިހާރު އެ ބައްޔަށް ކިޔަނީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ އެވެ.