Advertisement

ނައީމާގެ ހަށިގަނޑު ވަަޅުލީ ޕޯސްޓުމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތުމުން: ފުލުހުން

8 އޭޕްރީލް 2023 - 21:26 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ނައީމާގެ ހަަށިގަަނޑު ވަޅުލާފައި ވަނީ ޕޯސްޓުމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތުމުން ކަމަށް ފުލުހުން ބުނެފައިވޭ -- ފޮޓޯ: އަދަދު


ނައީމާގެ ހަށިގަނޑު ވަަޅުލީ ޕޯސްޓުމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތުމުން: ފުލުހުން

8 އޭޕްރީލް 2023 - 21:26 0

ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނައީމާގެ ހަށިގަނޑު ވަޅުލާފައި ވަނީ ޕޯސްޓުމޯޓަަމް ހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ފޮރެންސިކް ޕެތޮލޮޖިސްޓުން ބުނުމުން ކަމަށެވެ. ނައީމާގެ ހަށިގަނޑު ވަޅުލާފައި ވަނީ ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހުކަމަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނައީމާގެ ހަށިގަނޑު ވަޅުލާފައި ވަނީ މިއަދު ހަވީރު 5:20 ހާއިރު އެވެ.

ނައީމާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެކަން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އޭނާގެ މަރުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. ހަމައެއާއެކު ރަށަށް ދާ މީހުން ވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.

އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އިތުރަށް ބަލަމުންދާއިރު، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.