Advertisement

ނައީމާގެ ހަށިގަނޑު ވަޅުލައިފި, އަދި މީހަކު ހައްޔަރު ނުކުރޭ

8 އޭޕްރީލް 2023 - 20:04 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ނައީމާގެ ހަށިގަނޑު ވަޅުލާފައި ވަނީ މަގުރިބު ނަމާދަށް ފަހު، މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ -- ފޮޓޯ: އަަދަދު


ނައީމާގެ ހަށިގަނޑު ވަޅުލައިފި, އަދި މީހަކު ހައްޔަރު ނުކުރޭ

8 އޭޕްރީލް 2023 - 20:04 0

ނ. މަނަދޫއިން މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ ހަށިގަނޑު ވަޅުލައިފި އެވެ.

ކަަށުކަމާކެމީގެ ކަންކަން ނިންމުމަށް ފަހު ނައީމާގެ ހަށިގަނޑު ވަޅުލާާފައި ވަނީ މިއަދު މަގުރިބު ނަމާދަށް ފަހު މަަނަދޫގަ އެވެ. ނައީމާގެ ހަަށިގަނޑު ވަޅުލި އިރު އިތުރު ތަަހުލީލަށް ބޭނުންވާ ސާމްޕަލްތައް އެމައްސަަލަ ތަހުގީގު ކުރުމަށް އެ ރަށަަށް ގޮސް އުޅޭ ފޮރެންްސިކް ޓީމުން ނަގާާފަައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ނައީމާގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އެ ރަށުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަަމުންނެވެ.

އޭނާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަބަރެއްް ނުވާތީ އާއިލާއިން ފުލުހުންނަށް އެންގުމުން ފުލުހުން އެގެއަށް ގޮސް ބެލި ބެލުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގާ ނައީމާގެ ހަށިގަނޑުގެ އެތަންމިތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާ ދީފަ އެވެ. ނައީމާގެ މަރާ ގުޅޭ އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އޭނާގެ މަރުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. ހަމައެއާއެކު ރަށަށް ދާ މީހުން ވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.

އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އިތުރަށް ބަލަމުންދާއިރު، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.