Advertisement

ނައީމާގެ މަރު؛ ފުލުހުންގެ ހާއްސަ ޓީމެއް މަނަަދޫގައި

8 އޭޕްރީލް 2023 - 11:38 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މަނަދޫގައި މަރާލި އުމުރުން 62 އަހަރުގެ އެ ރަށު އަންނާރުމާގެ ނައީމާ މޫސާ (ނައިމައްތަ).


ނައީމާގެ މަރު؛ ފުލުހުންގެ ހާއްސަ ޓީމެއް މަނަަދޫގައި

8 އޭޕްރީލް 2023 - 11:38 1

ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރާއި ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް އެރަށުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ނައީމާގެ މަރާއި ގުޅިގެން ހިންގާ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ޓީމެއް މަނަދޫގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.

ފުލުހުންގެ ހާއްސަ ޓީމު މަނަދޫއަށް ގޮސްފައި ވަަނީ ރޭ ދަންވަރު 2:00 ހާއިރު އެވެ.

"އަދަދު"އަށް ޔަގީންވެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ އެވެ.

އެކަމުގައި ފުލުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނި ނަމަވެސް، ނައީމާގެ މަރުގައި ޝައްކު ކުރެވޭ ކަންކަން ހުރެގެން އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓާ ކުރަމުންނެވެ.

ނައީމާގެ އެއްވެސް ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާއިން އެކަން ފުލުހުންނަށް އެންގުމުން އެގެއަށް ފުލުހުން ގޮސް ދޮރު ވައްޓާލައިގެން ވަތް އިރު އޭނާ އޮތީ ކޮޓަރިތެރޭ ބިންމަތީގައި މަރުވެފައި ކަމަށް ވެއެވެ.

އޭނާގެ މަރުގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. ހަމައެއާއެކު ރަށަށް ދާ މީހުންވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.

އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އިތުރަށް ބަލަމުންދާއިރު، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.