Advertisement

އިންޑޮނީޝިއާގެ ސިހުރު ހަދާ މީހަކު 12 މީހުން މަރާލައިފި

7 އޭޕްރީލް 2023 - 09:08 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްލާމެތު ތޮހާރީ ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: ކޮމްޕާސް


އިންޑޮނީޝިއާގެ ސިހުރު ހަދާ މީހަކު 12 މީހުން މަރާލައިފި

7 އޭޕްރީލް 2023 - 09:08 0

އިންޑޮނީޝިއާގެ ސިހުރު ހަދާ މީހެއްގެ ގޭގެ ގޯތިތެރޭގައި ވަޅުލާފައި ހުރި ހަށިގަނޑުތަކެއް ފެނުމުން 12 މީހަކު މެރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފި އެވެ.

އުމުރުން 45 އަހަރުގެ ސްލާމެތު ތޮހާރީ ފުލުހުންނަށް ބުނީ 12 މީހެއްގެ ހަށިގަނޑު އޭނާގެ ބިމުގައި ވަޅުލާފައިވާނެ ކަމަށެވެ.

ފުލުހުން ތުހުމަތު ކުރަނީ އޭނާ ކައިރިއަށް ހިދުމަތް ހޯދަން ދިޔަ މީހުން މެރި ކަމަށެވެ. ފުލުހުން ބުނީ ސިހުރު ހަދައި ފައިސާ އިތުރުކޮށްދޭނެ ކަމަށް އޭނާ ބުނަމުން ދިޔަ ކަމަށެވެ.

ފައިސާ އަނބުރާ ހޯދަން މީހުން ބޭނުންވުމުން، ޒަހަރު ދީ މަރާލަނީ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. ތޮހާރީ ހައްޔަރު ކުރީ އޭނާ ކައިރިއަށް ދިޔަ މީހެއް އެނބުރި ނައުމުން، އެ މީހާގެ އާއިލާއިން ރިޕޯޓުކޮށްގެންނެވެ.

ފުލުހުން ގޮސް ބެލިއިރު، ގޭގެ ގޯތިތެރޭގައި ވަޅު ކޮނެފައި ހުއްޓެވެ. ފުލުހުން ބުނީ އޭނާގެ ޝިކާރައަކަށްވީ އުމުރުން 25 އަހަރާއި 50 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.

އޭގެ ތެރެއިން ބައެއް މީހުންގެ ހަށިތައް ވަޅުލާފައި ވާތާ ހަ މަސް ފާއިތުވެފައިވާ އިރު، އެއްވެސް މީހެއްގެ ހަށިގަނޑުން އަނިޔާގެ ނިޝާނެއް ނުފެނެ އެވެ.

ތޮހާރީގެ މައްޗަށް ކުރާ ތުހުމަތު އޭނާ ދޮގުކޮށްފައެއް ނުވެ އެވެ، މީގެ ކުރިން 2019 ގައި ވެސް އޭނާ ވަނީ ފައިސާއާ ގުޅޭ މައްސަލަތަކެއްގައި ޖަލުގައި ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

ގަސްދުގައި މީހުން މެރިކަން ސާބިތުވެއްޖެ ނަމަ އޭނާއަށް އިއްވާނީ މަރުގެ ހުކުމެކެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި ތޮހާރީ މީހުން މަރަން ފެށީ 2020 ގަ އެވެ.