Advertisement

މަތިންދާބޯޓުން ހަރުފައެއް ފެނި އެމެޖެންސީގައި ޖައްސައިިފި

6 އޭޕްރީލް 2023 - 08:24 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕައިލެޓް ރުޑޯލްފް އިރާސްމުސް. -- ފޮޓޯ: ރުޑޯލްފް އިރާސްމުސް/ ބީބީސީ


މަތިންދާބޯޓުން ހަރުފައެއް ފެނި އެމެޖެންސީގައި ޖައްސައިިފި

6 އޭޕްރީލް 2023 - 08:24 0

ދެކުނު އެފްރިކާގައި 11،000 ފޫޓު މަތިން ދަތުރު ކުރަމުން ދިތަ ބޯޓެއްގެ ކޮކްޕިޓް ތެރެއިން ވިހަގަދަ ކޯބްރާ ހަރުފައެއް ފެނި އެމެޖެންސީގައި ތިރިކޮށްފި އެވެ.

ޕައިލެޓް ރުޑޯލްފް އިރާސްމުސް ބީބީސީއަށް ބުނީ ހަރުފަ ފެނުނީ އޭނާގެ ގޮނޑި ދަށުން ކަމަށެވެ. އެ ހަރުފަ އޭނާގެ ގަޔަށް އަރައި، ފުރާނަ ނުރައްކަލަށް ހުށަހެޅުނެވެ.

"ގަަމީސް މަތިން ފިނިކަމެއް އިހުސާސް ކުރެވުނީ. އަހަރެން ހީކުރީ ފެން ކަމަށް. ވައަތަށް އެނބުރި ބަލާލި އިރު، ހަރުފައެއް ފައިބައިގެން ސީޓު ދަށަށް ވަންނަނީ."

އެހެންވެ، ބްލޫމްފޮންޓެއިންއިން ޕްރިޓޯރިއާއަށް ދަަތުރު ކުރަމުން ދިޔަ ބޯޓު އަވަހަށް އެމެޖެންސީގައި ތިރިކުރީ ވެލްކޮމް ސިޓީއަށެވެ. އެއީ ހަތަރު ޕަސެންޖަރުންނާ އެކު ދަތުރު ކުރަމުން ދިޔަ ޕްރައިވެޓް ބޯޓެކެވެ.

ކޯބްރާއެއް ދަތް އަޅައިފި ނަމަ، ވިހަވެ 30 މިނެޓު ތެރޭގައި މަރުވުމުގެ ފުރުސަތު އޮވެ އެވެ. ބޯޓުގައި ހަރުފަ އޮތްކަން ޕަސެންޖަރުންނަށް އެންގީ ވަރަށް ވިސްނުމަށް ފަހު ކަމަށް ޕައިލެޓް ބުންޏެވެ.

ބޯޓު ޖެއްސި ފަހުން ހަރުފަ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް އަދިވެސް ނުފެނެ އެވެ. ޕައިލެޓް އިރާސްމުސް އަމަލުކުރި ގޮތަށް ގިނަ ބަޔެއްގެ ތައުރީފް ދަނީ ލިބެމުންނެވެ.