Advertisement

ބަންގުލަދޭޝްގައި ކިޔަވާ ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދެނީ

31 މާރިޗު 2023 - 21:55 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާއްޖޭގެ ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު މީގެ ކުރިން ބަންގުލަދޭޝްއަށް ކުރި ޒިޔާރަތެއްގެ ތެރެއިން -- ފޮޓޯ: ފައިލް


ބަންގުލަދޭޝްގައި ކިޔަވާ ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދެނީ

31 މާރިޗު 2023 - 21:55 0

ބަންގުލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މައްދަތަކަށް ވިސާ ދޫކުރުމަށް އެ ގައުމުން ނިންމައިފި އެވެ.

އެ ގައުމުން ނިންމި އެ ނިންމުމަށް ޝުކުރު ދަންނަވައި ރާއްޖޭގެ ފޮރިން މިނިސްޓަރީން ވަނީ ބަންގުލަދޭޝްގެ ސަރުކާރަށް ސިޓީއެއް ފޮނުވި އެވެ.

އޭގެ އިތުރުން ރާއްޖޭގެ ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ވަނީ އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ވެސް ބަންގުލަދޭޝްގެ ސަރުކާރަށް ޝުކުރު ދަންނަވައިފަ އެވެ.

"ބަންގުލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަކަށް ވިސާ ދޭން ނިންމި ނިންމުމަށް ބަންގުލަދޭޝްގެ ސަރުކާރަށާއި އަޅުގަނޑުގެ އަޚް، [ބަންގުލަދޭޝްގެ] ފޮރިން މިނިސްޓަރު، ޑރ. އޭ ކޭ އަބްދުލް މޯމެން އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އަބްދުﷲ ޝާހިދު ލިޔުއްވާފައިވެ އެވެ.

އަވައްޓެރި ބަންގުލަދޭޝްއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާ ގައުމެކެވެ. ރާއްޖޭގެ ގިނަ ޑޮކްޓަރުންނަކީ ބަންގުލަދޭޝްއިން ސަނަދު ނަންގަވައިގެން ތިއްބެވި ޑޮކްޓަރުންނެވެ.

ބަންގުލަދޭޝްއަކީ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޭ ގައުމެކެވެ. އެހެން ނަމަވެސް އޮން އެރައިވަލް ވިސާގެ މުއްދަތަކީ 30 ދުވަހާއި 90 ދުވަހާ ދެމެދެވެ. އެއަށްވުރެ ގިނަ ދުވަހު އެ ގައުމުގައި މަޑުކުރަން ބޭނުންވާ ނަމަ، ބަންގުލަދޭޝް އެމްބަސީން ވިސާ ނަގަން ޖެހެ އެވެ.

އެމްބަސީ މެދުވެރިކޮށް ވިސާ ހަމަޖެއްސުމަކީ ބައެއްފަހަރު އެކަމަށް ގިނަ ވަގުތު ހޭދަވާ ކަމެކެވެ. އެހެންކަމުން އެ ބަދަލާ އެކު އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ބެލެވެ އެވެ.